ދިވެހި ހުރިހާ ޙައްޖުވެރިންތިބީ ޢަރަފާތުގައި، އެންމެންގެ ޙާލުވެސް ރަނގަޅު:

1447 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަމަށް ދިޔަ، ހުރިހާ ޙައްޖުވެރިން ޢަރަފާތު ބިމަށް ގޮސްފިއެވެ.

ޙައްޖުވެރިން ޢަރަފާތު ބިމަށް ދިއުމަށް ދަތުރުފަށާފައިވަނީ ރޭގެ ވަގުތެއްގައެވެ. ބަލި ޙާލަތުގެ ގޮތުން ޢަރަފާތަށް ނުދެވުނު އެއް ޙައްޖުވެރިއަކު ހުރިނަމަވެސް މިހާރު އެ ޙައްޖުވެރިޔާވެސް ވަނީ ޢަރަފާތަށް ގެންދެވިފައެވެ.

ދިވެހި ޙައްޖުވެރިންގެ ޙާލު ޖުމްލަ ގޮތެއްގައި ރަނގަޅުކަމަށާއި ހައްޖުވެރިން މިއަދު ވަގުތުތައް ހޭދަކުރާނީ ޢަރަފާތުގައި ޤާއިމްކޮށްފައިވާ ޓެންޓުތަކުގައިކަމަށް ޙައްޖު މިޝަންއިން ވިދާާޅުވިއެވެ.

ޙައްޖުމަހުގެ 09 ވަނަ ދުވަހުގެ މެންދުރުފަހުން ޢަރަފާތުގައި މަޑުކުރުމަކީ ޙައްޖުގެ އެންމެ މުހިންމު ރުކުނެވެ. އެ ބިމަށް އެދުވަހު އިރުއޮއްސުމުގެ ކުރިން ނުދެވޭ މީހުންނަށް ޙައްޖު ނުލިބޭނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.