އެމްޑަބްލިއުއެސްސީ އިން ދުވާލަކަށް 1000 ޓަނުގެ ފެން އުފައްދާ އާރްއޯ ޕްލާންޓެއް މާލޭގައި ބަހައްޓައިފި

އެމްޑަބްލިއުއެސްސީ އިން ދުވާލަކަށް 1000 ޓަނުގެ ފެން އުފައްދާ އާރްއޯ ޕްލާންޓެއް މާލޭގައި ބަހައްޓައިފިއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި އެމްޑަބްލިއުއެސްސީން ބުނީ އެ ކުންފުނީގެ އޮޕަރޭޝަން ސެންޓަރުގައި ބެހެއްޓި އާރްއޯ ޕްލާންޓާއެކު މިހާރު މާލޭގައި ދުވާލެއްގެ މައްޗަށް 28،000 ޓަނުގެ ފެން އުފެއްދޭނެކަމަށެވެ.

މާލެ ސަރަހައްދުގެ ފެން ރައްކާކުރުމާއި އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމަށް ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ފަށްޓަވާފައެވެ. އޭގެ ތެރޭގައި ސިނަމާލެ ބުރިޖު މެދުވެރިކޮށް މާލެ-ހުޅުމާލޭ ފެނުގެ ވިއުގައަކުން ގުޅާޅުމުގެ މަސައްކަތް ހިމެނެއެވެ. މި މަސައްކަތް މިއަހަރުގެ މެދުތެރޭ ނިންމުމަށްވަނީ ހަމަޖެހިފައެވެ. ނަމަވެސް އެމަޖެންސީގެ ހާލަތުގައި އެއް ރަށުން އަނެއް ރަށަށް ފެން ފޯރުކޮށްދޭން ޖެހިއްޖެނަމަ އެ ވިއުގަ މިހާރު ބޭނުންކުރެވޭނެކަމަށް އެމްޑަބްލިޔުއެސްސީން ވިދާޅުވެއެވެ.

މާލެއާއި ހުޅުމާލޭގައި ފެން ރައްކާކުރާ އިތުރު ތާނގީތައް ހެދުމާއި އިތުރު ފެން ޕްލާންޓްތައް ބެހެއްޓުމުގު މަސައްކަތްވެސް އެމްޑަބްލިއުއެސްސީންދަނީ ކުރަމުންނެވެ. އެގޮތުން، މިއަހަރު ނިމޭއިރު ފެން އުފެއްދުމުގެ ކެޕޭސިޓީ %26 އަދި ފެން ރައްކާކުރެވޭ މިންވަރު %28 އަށް އިތުރުކުރެވޭނެކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވެފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.