މައުމޫން ފައުންޑޭޝަންގެ އިޙްޔާ ފޯރަމްގައި މިރޭ ތަޤުރީރު ކުރައްވާނީ އިސްލާމިކް މިނިސްޓަރ

ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް މައުމޫން ފައުންޑޭޝަނުން ސިލްސިލާކޮށް ބާއްވަމުން ގެންދާ އިޙްޔާ ފޯރަމްތަކުގެ މިރޭގެ ފޯރަމްގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ތަޤުރީރު ކުރައްވާނެއެވެ.

މިރޭގެ ފޯރަމްގައި ވަޒީރު ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ "އިޖްތިމާޢީ ޢަދާލަތު ޤާއިމު ކުރުމުގައި ޒަކާތުގެ ދައުރު" މި މަޢުޟޫއަށެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދާ މި އިޙްޔާ ފޯރަމް ފެށުމަށް ހަމަޖެހިފައިވަނީ 21:45 ގައެވެ.

ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމްގެ ފުރަތަމަ ފޯރަމްގައިވެސް ތަޤުރީރު ކުރެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.