މިއީ ގަޓުހުރި، އުންމީދުން ފުރިގެންވާ ސަރުކާރެއް: ޕީޕީއެމް

ރާއީސް ޔާމީންގެ ސަރުކާރު ބަލިކަށިވެ ވެއްޓެމުންދަނީ ކަމަށްބުނެ ބައެއް މީހުން ދައްކަމުންދާ ވާހަކަތަކަށް އެޕާޓީން ވަރުގަދަ ރައްދެއް ދީފިއެވެ.

ރުމާލެ 2 ގެ ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ކޮންމެ ބަޔަކު ކޮންމެއެއްޗެއް ކިޔަސް މިސަރުކާރަކީ ވަރަށް ވަރުގަދަ ސާބިތު ސަރުކާރެއް ކަމަށެވެ.
"މީހުން އެބަބުނޭ މިއީ ބަލިކަށިވެފައިއޮތް ސަރުކާރެކޭ. ދެން މިސަރުކާރަކުން ކުރެވޭނެ ކަމެއް ނޯންނާނެޔޭ. އަޅުގަނޑު ދަންނަވާލަން އޮތީ ނޫނެކޭ މިއީ ވަރަށް ވަރުގަދަ ސަރުކާރެކޭ. މިއީ ގަޓުހުރި ސަރުކާރެކޭ. މިއީ ސަބިތު ސަރުކާރެކޭ. މިއީ އަޒުމާއި ޖޯޝާއި، އުންމީދުން ފުރިގެންވާ ސަރުކާރެކޭ،" އިދިކޮޅު މީހުންނަށް ރައްދު ދެއްވަމުން އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ޕީޕީއެމުން އުޅެނީ ސަރުކާރުގައި ވަރުނެތިގެން ނޫންކަމަށެވެ. އެޕާޓީން އަބަދުވެސް މަސައްކަތްކުރާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ. ގާނޫނީ އިމުން ބޭރުން ކަންކަން ކުރުމަކީ އެޕާޓިން ކުރާނެ ކަމެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ސަރުކާރުގައި ވަރުނެތިގެނެއްނޫން މިއުޅެނީއެއް. އެހެންނަމަވެސް އަޅުގަނޑުމެން ބޭނުންވަނީ ގާނޫނީ އިމުގެތެރެއިން ކުރިއަށްދާން. އަޅުގަނޑުމެން ބޭނުމެއްނޫން ގާނޫނީ އިމުން ބޭރަށްދާން، ޗާޓުން ބޭރުން ކަންތައްތައްކުރާކަށެއް. އެހެންވެ ގާނޫނުއަސާސީއާއި ހެދިފައިހުރި ގާނޫނުތަކުގެ ތެރެއިން އަޅުގަނޑުމެން ކަންތައްތައް މިކުރަނީ،" އަދުރޭ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.