(18 އޭޕްރީލް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"ކަލާއަށް ތިޔަ ކުރެއްވެނީ ކުށްހީއެއް" މިފަހަރު ހިނިތުންވެލީ ޚާންއާޞިފެވެ.
"އަހަރެންގެ މުޅި ޙަޔާތުގައިވެސް ތިޔަކަހަލަ އިޝްޤީލޯތްބެއް ނުދެކެން. އާނ !ލޯބިވެވޭމީހާގެ ކަންތައްތައް ފުރިހަމަޔަށް އާބާދުކޮށްދީފައި ލޯބިވާ މީހާ މުޅިން ބަރުބާދުވެގެންދަނީ."
"ކަލާ ތިޔަ އުޅުއްވަނީ މާއަވަހަށް ފިއްލަވަންވެގެން މިސްޓަރ ޚާން"
"އަނެއްކާ އަހަރެންނަށް މިކިޔެނީ ގޯސްއެއްޗެއްތަ؟"
"ގޯސްއެއްޗެއް ކިޔުއްވިއަސް ނުވަތަ ރަނގަޅު އެއްޗެއް ކިޔުއްވިޔަސް އެންމެ ރަނގަޅު. އެކަމަކު އެއްކަމެއް ހަނދާން ބަހައްޓަވާތި! އެކަމަކީ އިންސާނިއްޔަކަމުގެ މޫނުމަތި އިޚްލާސްތެރި ކަމުގެ މާތް ސިފައިން އުޖާލާވެގެން ދަނީ އިންސާނުން އެތައްއެތައް އުނދަގޫތަކެއް އުފުލުމަށްފަހު ގައިކަން. އަޅުގަނޑުމެން ދެ މީހުންނަކީ ހަމައެކަނި ދެ ރަހްމަތްތެރިން. ރަޙްމަތްތެރިކަމުގެ މާތްކަމުގެ މައްޗަށް އަޅުވާ އެއްވެސް ތުހުމަތަކީ ބަރުދާސްތު ކުރެވޭނެ ކަމެއްނޫން."
"އޭނާގެ މިކަންތައްތައް މިގޮތަށް އާބާދު ނުވެއްޖެނަމަ ކަލެއަށް އާބާދުވެވިދާނެ." ޚާންއާޞިފް މަލާމާތުގެ ފާޑަކަށް ބުނެލިއެވެ.
"އަޅުގަނޑަށް ހީވާ ގޮތުގައި އަޅުގަނޑުމެންނަށް މިހާރު ވަރަށް ގިނަ ވާހަކަތައް ދެއްކިއްޖެ. މިސްޓަރ ޚާންއާސިފް. މިހާރުދެން އަޅުގަނޑު މި ދަނީ އިނގޭތޯ؟"
"އަހަރެން ކަލެއަށް އިންތިޒާތު ކުރާނަން ކޮއިފުޅާ! އަމިއްލަ ކާމިޔާބީތައް ގުނުމަކުން އަދި އެއީ މޮޅުވުމެއްނޫން؟"
ޘަނާ ތެދުވެގެން ކޮޓަރިން ބޭރަށް ނުކުމެއްޖެއެވެ. ފަސްއެނބުރި ބަލާވެސް ނުލައެވެ. އަނެއްކޮޅުން ޚާންއާޞިފްގެ ތުންފަތް މައްޗަށް ވެރިވެގެން ދިޔައީ ޒަހަރެއްފަދަ ހިނިތުންވުމެކެވެ.
އަނާއާ ބެހޭގޮތުން ޚާންއާޞިފް ގޭގެ މީހުންނަށް އަންގާފައިއޮތީ ކޮންއެއްޗެއް ކަމެއްނޭނގެއެވެ. ނަމަވެސް އެ ގޭގައި އުޅޭ ކޮންމެ މީހަކުވެސް ހުންނަނީ އަނާދެކެ ވަރަށް ބޮޑަށް ބިރުގެންފައެވެ. އަދި ކޮންމެމީހަކުވެސް އަނާއާމެދު ކަންތައް ބަހައްޓަން މަސައްކަތް ކުރަނީ ވަރަށް އަދަބުވެރިގޮތުގައެވެ.
"އަޅުގަނޑު... އަޅުގަނޑު އެތެރެއަށް ވަންނަންތޯ ބޭބެ ދައްތާ!" ކޮޓަރިއަށް ވަންނަން އުޅެފައި ދޮރުމަތީގައި ހުރެ ޢާޝީ ސުވާލުކޮށްލިއެވެ. އަނާ ސިއްސައިގެން ގޮސްފައި އޭނާއާ ދިމާއަށް ބަލާލިއެވެ.
"އާނ...އާދޭ!" އަދި ދެން......."
އާޝީ ބިރުހުރެ ކޮޓަރިއަށް ވަދެއްޖެއެވެ.
އަނާ ފަރިވާތެރިކަމާއެކު އޭނާ އާދިމާއަށް ބަލަހައްޓައިގެން އިނދެ ބުންޏެވެ.
"އަހަރެންނަކީ އަނާ، ސާރިދޯޅެއް ނުވަތަ މިނިކާވަގެއްނޫން. ތިޔަހާ ބިރުން ތިޔަ އަންނަނީ ކީއްވެތަ؟ އާދޭ މިތާނގައި އިށީނދޭ!"
"ބޭބެދައްތާ! ކަލާ ކުރީން އުޅުއްވީ ތިޔަހެނެއްނޫން! މިހެން ނޫޅުނީމާ ކަލޭމެން އަހަރެންނާމެދު ކަންތައްކުރީ ކިހިނަކުންތަ!
އެކަމުގައި އަޅުގަނޑުމެންގެ އެއްވެސް ކުށެއްނެތް." ޢާޝީ މަޑުމަޑުން އަދި ވަރަށް އަދަބުވެރިކަމާއެކު ބުނެލިއެވެ.
"ދެން އެންމެ ރަނގަޅު..... އަޅެބުނެބަލަ. ކަލޭގެ ބޭބެ މިހާރުވީ ކޮންތާކު އެއްގޮތަކަށްވެސް ނުފެނޭ."
"ބޭބެ މީގެ ދެދުވަސްކުރީން ލަންޑަނަށް ދުރުވެއްޖެ ހަފްތާއެއް ވަންދެން އެތާނގައި ހުންނަވާނެ."
"އޭނާގެ ކޮޓަރީގައި ކަނުގައި ހުންނަ ކޮޓަރިއަކީ އެ މީހުންގެ ކޮޓަރި" އޭނާއަށް ފިރިހެން ކުއްޖަކު ލިބުނު ވާހަކަ އަހަރެން އަޑުއެހިން."
"ލައްބަ ވަރަށް ރީތި ކުއްޖެއް. އޭނާގެ ނަމަކަށް ކިޔަނީ އަފްޒަލް. އެއީ ބައްޕަ ދެއްވިނަމެއް"
"އެއީ ކޮންތާކުން ގެނައި ކުއްޖެއްތަ؟" އަނާ ޢާޝީއާ ދިމާއަށް ކަޅިއަޅާލާފައި ބުންޏެވެ.
"އަޅުގަނޑަކަށް ތިޔަބުނުއްވި އެއްޗެއް ނޭނގުނު" އަނާ ކުރި ސުވާލަކީ ކުރިން ހިތަށްވެސް ގެނެވިފައިނުވާ ފަދަ ސުވާލެއްކަމުން ޢާޝީ ހާސްވެލާފައި ބުންޏެވެ. އަނާ ހިނިތުންވެލިއެވެ. އަދި ބުނަމުން ދިޔައެވެ.
"ކަލާގެ ބޭބެއަށް ކުއްޖެއް ނުލިބޭނެކަމަށްވަނީ ޑޮކްޓަރުން ބުނެފައެއްނު؟"
"އެހެންވީމާ އަހަރެން މިއެހީ. އެއީ ކޮންތާކުން ގެނައި ކުއްޖެއްތޯ؟"
ޢާޝީ ޙައިރާންވެގެން ގޮސް ދެލޯ ބޮޑުކޮށްލިއެވެ.
އޭނާ ހާސްވެލާފައި ބުންޏެވެ.
"ކަލާ ބުނުއްވަން ތިޔަ އުޅުއްވަނީ ކީކޭތޯ؟"
މި ދަރިފުޅަކީ ކަލާގެ ބޭބެގެ ކުއްޖެއް ނޫންކަން ޑޮކްޓަރުންގެ ރިޕޯރޓުން ސާފުކޮށް އެގެން އެބައޮތް."
"އަޅު..އަޅުގަނޑަކަށް އެކައްޗެއްވެސް ނޭނގެ"
"ދޭ ބައްޕަ ކައިރިއަށް ގޮސް އަހާފައި އާދޭ"
"ޕްލީޒް ބޭބެ ދައްތާ!"
ޢާޝީއަށް ރޮވިއްޖެއެވެ.
އެހިނދު އަނާވެސް މަޑުމައިތިރި ވެއްޖެއެވެ.
"އެންމެރަނގަޅު. ދެން އެންމެރަނގަޅު. އަހަރެން ދެން ކަލެއަކާ މި ކަހަލަ ވާހަކައެއް ނުދައްކާނަން. އާނ އަޅެބުނެބަލަ ކަލޭގެ އަނެއް ބޭބެދައްތަ އެއީ ކޮންކަހަލަ މީހެއްތަ؟"
"ކަލާއަށްވުރެ ރީތި މީހެއްނޫން"
"ރަނގަޅު. ތިޔަހެން ތިޔަބުނަނީ ހަމަ ހިތުގެ އަޑިންތަ؟"
"ލައްބަ މިހެން މިބުނަނީ ހަމަ ހިތުގެ އަޑިން... އަޅުގަނޑު ދައްތަ މަތިން ހަނދާކޮށްފައި ވަރަށް ބޮޑަށް ރޮވޭ"
"ކީއްވެގެން؟"
"އަޅުގަނޑުމެންގެ އަނެއް ބޭބެ ދައްތައަކީ ވަރަށް ހަރުކަށި މީހަކަށްވާތީ. ކަލާހެން އަޅުގަނޑުމެންދެކެ ލޯބިވާ އޯގާތެރި މީހަކަށް އޭނާ ނުވާތީ..."
"އެހެންވިއްޔާ ޢާޝީ އޭނާއަކާ ނުރުހެންދޯ؟"
"ލައްބަ... ތެދު ޙަޤީޤަތަކީ ހަމަތިޔައީ"
"ތިޔަހެންވިއްޔާ މިއަދުން ފެށިގެން އަހަރެންނާނާ ޢާޝީއާ ދެމެދުގައި އެއްވެސް ދެކޮޅުވެރިކަމެއް ނޯންނާނެ....ޢާޝީއަކީ އަހަރެންގެ ރަޙްމަތްތެރިއެއް އަދި މުޅި މިގޭގައިވެސް އަހަރެން ކަމޭހިތާނޭ އަދި އަހަރެންގެ ލޯބި ލިބޭނޭ ހުންނާނީ ހަމައެންމެ މީހެއް. އެއީ ޢާޝީ"
"ޝުކުރިއްޔާ. ބޭބެދައްތާ!"
ޢާޝީ އުފާވެއްޖެއެވެ.
"ޢާޝީ ނިކަން ގޭގައި އުޅޭ ނޯކަރު އަންހެންމީހާއަށް ގޮވާލަދީބަލަ!"
"ކޮންކަމެއްތަ ކޮށްދޭންވީ؟ ދައްތަ ބުނޭ، އަހަރެން ކޮށްލަފާނަން" ޢާޝީ އަވަސް އަވަހަށް ޖަވާބުދިނެވެ.
"ޢާޝީ ކުރަންޖެހޭ ކަންތައް ކުރަންވާނީ ހަމަޢާޝީ، އެކަމަކު ނޯކަރުން ލައްވާ ކުރަންޖެހޭ ކަންތައްވެސް ހުންނާނެ. އެފަދަ ކަންތައް ކުރަންޖެހޭނީ ހަމަ ނޯކަރުންލައްވާ. ދޭ! އޭނާއަށް ގޮވާ!"
ޢާޝީ ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ.
(ނުނިމޭ)
varah reethi
ޚާންއާޞިފު ކުރިޔަށްއޮތްތާގާ ނުވަތުބުރެއް އަޅުވާނުލިއްޔާ ކިތައްމެހާވެސް ރަނގަޅު!
އެކަމަކު ވަރަށް ހީނުވޭ އެހެންވާނެހެނެއް!
ވާހަކަ ވަރަށްރީތި!