(4 އޭޕްރީލް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"މިހާރު ހިނގަމުންދާ ކޭހާމެދު ކަލޭގެ ޚިޔާލަކީ ކޮބައިތަ؟"
"އަޅުގަނޑުގެ ޚިޔާލު ވަރަށް ރަނގަޅު"
ޚާން އާޞިފް އެއްޗެއް ބުނަންއުޅެފައި ވެއިޓަރ އަންނަތަން ފެނިގެން ހިމޭންވެލިއެވެ. އޭނާ އައިސް ސައި ތަބައް ބަހައްޓާފައި ދިއުމުން ޚާން އާޞިފް އަމިއްލައަށް ސައި ދެ ޖޯޑަށް އަޅާފައި އެއްތަށި ޘަނާއުﷲއާ ދިމާއަށް ޖައްސާލުމަށްފަހު ބުންޏެވެ.
"ފަންސާސް ހާސް ރުފިޔާއާ މެދު ކުރެވެނީ ކޮންކަހަލަ ޚިޔާލެއްތަ؟"
"ފުދޭވަރެއްގެ ބޮޑު އަދަދެއް" ޘަނާއުﷲ ހީނލިއެވެ.
"މިހިރަ ބްރީފްކޭސްގައި އެ އަދަދަށް ފައިސާ އެބަހުރި. ޚާންއާޞިފް."
"ދެން..."
"މިއީ އެޑްވާންސެއް ކަމުގައި ދެކިގެން ކަލޭ މި ފައިސާ ޤަބޫލުކުރޭ!"
"ކަލާގެ ތިޔަ އޮފަރާމެދު ވިސްނާލުމަށް ދެތިން ދުވަސް ދެއްވާށޭ ނަންގަނެފީމު ނޫންތޯ. އަޅުގަނޑު ފަހުން ޖަވާބެއް ދީފާނަން..."
ޘަނާއުﷲ ސައިޖޯޑު ތުންފަތުގައި ޖައްސާލަމުން ބުންޏެވެ.
"މި ފައިސާއަކީ ކޭސް ދޫކޮށްލުމަށް ޓަކައި ހުށަހަޅާ ފައިސާއެއް؟"
"އެހެންކަމަށްވާ ނަމަ މިއަދަދު މާ މަދު."
"މަދީ ކިހާވަރެއްތަ؟"
"އަޅުގަނޑުގެ ޑިމާންޑަކީ 3 މިލިއަން ރުފިޔާ. ކޯޓްގެ ޕޭޕަރުތައް ތައްޔާރު ކުރުމަށް ހޭދަކުރަންޖެހުނު ފައިސާގެ މަތިން ހަނދާން ނައްތާލައްވާ! މިއީ ހަމައެކަނި ކަލާ ދެއްވަންވީ ފީ!"
"އަހަރެން އަހަރެންގެ ޢިއްޒަތްތެރި މަސައްކަތުގައި ފަހަރެއްގައިވެސް އަހަރެންގެ މުވައްކިލުގެ ފައިދާއަށް ގެއްލުމެއް ދީފައި ނޯންނާނެ." "މި ފައިސާއިން ކަލޭ މުސްތަޤްބަލް އުޖާލާކޮށްދޭނެ."
"ޔަޤީނުންވެސް އުޖާލާކޮށްދޭނެ. ނަމަވެސް އަޅުގަނޑު އަޅުގަނޑުގެ މުވައްކިލަކަށް ދުވަހަކުވެސް ކެއްސެއް ނުދެމޭ އަޅުނޑުވާނީ ކަލާއަށްވާނީ ނަންގަނެފައި."
"މި ކޭހުގެ ސަބަބުން ކަލެއަށް ލިބުނީ ކޮންއެއްޗެއްތަ؟"
"ދެ ތަނޑިގަނޑު"
"ތިޔަބުނި އެއްޗެއްގެ މާނައަކީ..."
"އަޅުގަނޑުގެ މުވައްލިކު ރަނުން ހަދާފައިވާ ދެ ތަނޑިގަނޑުވަނީ އަޅުގަނޑަށްދީފައި. އަދި އޭނާ ބުނެފައިވަނީ އެއީ އޭނާގެ ފީކަމަށް ޤަބޫލު ކުރުމަށް. އޭނާ ބުނިގޮތުގައި އެ ދެ ތަނޑިގަނޑަކީ ކައިވެނީގެ މުނާސަބަތުގައި އޭނާގެ ބައްޕަ އޭނާގެ އަތުގައި އަޅުވާދިން ދެ ތަނޑި ގަނޑު. އެހެންގޮތަކަށް ނަންގަންނަމަ ގިނަވެގެން ތިންހާސް ނުވަތަ ތިންހާސް ފަސްސަތޭކަ ރުފިޔާ ލިބޭނޭ ދެ ތޯލާގެ ރަން އަޅުގަނޑު މި ކޭހުން ލިބުނީ." ޘަނާއުﷲ ސައިގެ ކޯވަރެއް ބޯލާފައި ބުންޏެވެ.
"އަދި އެއަށް ކަލޭ ވިކުނީ؟" އާޞިފް ޚާން ޙައިރާންވެފައި ސުވާލު ކުރިއެވެ.
"މިކުޑަކުޑަ ސަހާރަންޕޫރުގައި މިއީ އެކަށީގެންވާވަރުގެ ފީއެއް އަދި އަޅުގަނޑުގެ މުވައްކިލަކީ އަޅާލާނެ އެހީތެރިއެއް ނެތް ނިކަމެއްޗެއްވެސްމެ. ފައިސާ އޭނަމަކަށް ކިޔާ އެއްވެސް އެއްޗެއް އޭނާ އަތަކުނެތް. އެހެންވީމާ އަޅުގަނޑުގެ ޑެމޭޖްއަށް 3މިލިއަން ރުފިޔާއަށް ކަލއިމް މިކުރަނީ އެއީ އެ ފައިސާއިން އޭނާގެ މުސްތަޤްބަލް އުޖާލާކޮށްދިނުމަށް."
"އޭނާއަށް މި ކޭހުން އެންމެ ލާރިއެއްވެސް ނުލިބޭނެ ކަންނޭނގެ. ސަބަބަކީ އޭނާ ޚާން އާޞިފްގެ ޢިއްޒަތާ ކުޅެން މަސައްކަތް ކުރިކަން އަހަރެމެން މިހާރު މި ކޭސް ޝަހަރުގެ ކޯޓަށް ޓްރާންސްފަރު ކުރުވަން އުޅެނީ އޭރު ކަލެއަށް ޖެހޭނީ ޝަރީއަތް އޮންނަ ކޮންމެ ދުވަހަކު ކޯރޓަށް ޙާޟިރުވުމަށްޓަކައި ޝަހަރަށް އަންނަން."
"އަޅުގަނޑު މި ކޭހުގައި ސްޕުރީމް ކޯޓާހަމައަށްވެސް ގެންދަން މިހިރީ ތައްޔާރަށް. ޚާންއާޞިފް އަޅުގަނޑު މިކުރާ ދަޢުވާ ކުރިއަށްގެންދާނަން ބަލިވުން ޤަބޫލުކުރުމަކީ އަޅުގަނޑުގެ އާދައެއްނޫން. އެހެނީ އަޅުގަނޑުގެ މުވައްކިލަށް ފައިދާކުރިގޮތަށް މައްސަލަ ނިންމުމަށްޓަކައި އަޅުގަނޑުގެ ފުރާނަޔާ މެދުވެސް ފަރުވާލެއް ބެހެއްޓުމެއްނެތި މަސައްކަތް ކުރުމަކީ އަޅުގަނޑު މި މަސައްކަތްކުރުމުގައި ގެންގުޅޭ ފުރަތަމަ އުޞޫލް"
"ގުށް! ޚާންއަޞިފް އިށީނދެގެން އިން ކޮނޑިން ތެދުވެއްޖެއެވެ. އޭނާގެ ތުންފަތުގައި ވަނީ ނުރުހުމާ މަލާމާތް އެކުލެވިފައިވާ ހިނިތުންވުމެކެވެ.
ޘަނާއުﷲ އާދިމާއަށް އަތްދިއްކޮށްލަމުން އޭނާ ބުންޏެވެ. އަހަރެންގެ އޮފަރ އަދިވެސް ހަމައެގޮތަށް އެބައޮތް ކަލޭ ޤަބޫލު ކުރާނަމަ އަހަރެންނަށް ފޯނުކޮށްލާ. މިއޮތީ އަހަރެންގެ ކާޑު. ދެންއޮތީ ކަލޭގެ ކޭސް. ކޮއިފުޅާ އެކަމަކީ އަހަރެން މާބޮޑު އަހައްމިއްޔަތެއް ދޭ ކަމެއް ނޫން. އަހަރެން ބޭނުންވީމާ ބޭނުންއިރަކުން އެ ކޭހުގެ ކަންތައް ނިންމާލެވިދާނެ. އެހެނީ އަހަރެން އުޅެނީ ސަހާރަންޕޫރޭ ކިޔާ ރަށެއްގައެއްނޫން!"
ޘަނާއުﷲ ވެސް ގޮނޑިން ތެދުވެފައި. ހީނލުމާއެކު ޚާންޞާހިބުގެ އަތުގައި ހިފާފައި ސަލާމް ކޮށްލަމުން ބުންޏެވެ.
"އަޅުގަނޑު ހަނދާން ބަހައްޓާނަން..."
ޚާންއާޞިފް އޭނާގެ ބްރީފްކޭސް ހިފައިގެން ހިނގައްޖެއެވެ. ޘަނާއުﷲ އޭނަ ދާތަން ބަލަން ހުއްޓެވެ.
ޚާންއާޞިފް އެ ދިޔައީ ޘަނާއުﷲއަށް އުޖާލާ މުސްތަޤްބަލެއްގެ ހުވަފެން ދައްކުވާފައެވެ. އޭނާ އެ ފަތުރާލި ދަލަކީ ދުނިޔޭގެ ކޮންމެ އިންސާނަކުވެސް އެފަދަ ދަލެއްގައި ޖެހުމަށް އެދޭފަދަ ދަލެކެވެ. ނަމަވެސް ޘަނާއުﷲ މިކަމާމެދު ވިސްނަނީ ކިހިނެއްކަމެއް ނޭނގެއެވެ. އޭނާ ވަރަށް ގިނައިރުވަންދެން ޕެލަސްހޮޓަލްގައި އިނެވެ. ސިނގިރޭޓްތައް ރޯކުރަމުން ހުލިކުރަމުން ގެންދިޔައެވެ. އޭނާ އެ ތަނުން ނުކުތްއިރު އިރުއޮއްސެނީއެވެ. އެ ތަނުން ނުކުމެގެން އޭނާ ސީދާ ދިޔައީ އަނާ ކައިރިއަށް ހޮސްޕިޓަލަށެވެ. އަނާއަށް އޭނާ ފެނުމާއެކު ސިއްސައިގެން ދިޔައެވެ. ޘަނާއުﷲ ހިނިތުންވެލާފައި ބުންޏެވެ.
"ވަރަށް އުފާވެރި އަދި ހިތްވަރު ހެޔޮވާކަހަލަ ބައްދަލުވުމެއް."
"އޭނާ ހުށަހެޅީ ކޮންކަހަލަ އޮފަރެއްތަ؟"
"ވަރަށްބޮޑު އޮފަރެއް...މުޅި ޙަޔާތުގައި ހުވަފެން ދެކެމުން ދިޔަނަމަވެސް ފުރިހަމަނުވާފަދަ ބޮޑު އޮފަރެއް!"
"މިސާލަކަށް"
"ފަންސާސް ހާސްރުފިޔާ ވަގުތުން އަދި އެވެސް ނަގުދު ފައިސާގެ ގޮތުގައި އޭގެ އިތުރަށް މަހަކު ވިހިހާސް ރުފިޔާގެ މުސާރައާއި
ބޭރު ޤަވްމުތަކަށް ދަތުރު ކުރުމުގެ ކަންތައްތައް ހަމަޖަސައި ދޭންބުނި.."
"ދެން ކިހިނެއްތޯ؟" އަނާ ނޭވާ ހިނގުން ހުއްޓުނު ކަހަލައެވެ.
"އަޅުގަނޑު އަޅުގަނޑުގެ އޮފަރ އޭނާއަށް ކިޔާދިނީ... އޭނާ އެ އޮފަރަކާ ނުރުހުނު."
"ކަލާގެ އޮފަރަކީ ކޮބައިތޯ؟"
"ފުރަތަމަ 3 މިލިއަން..ޘަނާއުﷲ ޖީބުން ސިނގިރޭޓް ޕެކެޓް ހޯދަން އުޅެމުން ބުންޏެވެ.
"އޭގެ މާނައަކީ ކޮބައިތޯ؟"
ޘަނާއުﷲ ސިނގިރޭޓް ރޯކޮށްލާފައި އެއްފަހަރު ދަމާލުމަށްފަހު ބުންޏެވެ.
"އަޅުގަނޑުގެ މުވައްކިލަށް ވާނީ ހާރޓްއެޓޭކެއް ޖެހިފައި. އެއީ މިމައްސަލައިގެ ސަބަބުން އޭނާއަށް ލިބުނު ޝޮކްގެ ސަބަބުން އަދި މިހާރުވެސް އޭނާވަނީ ސައިކޮލިޖިކަލް ގޮތުން ޙާލު ދެރަވެފައި އެކަންކަމަށް ރުފިޔާއަށްވުރެ ކުޑައެއްނުވާނެ. އެ ފައިސާއަކީ އަޅުގަނޑުގެ މުވައްކިލުގެ ޙައްޤެއް. އެ ޙައްޤާމެދު ދުނިޔޭގެ އެއްވެސް ކޯޓަކަށް ޗެލެންޖެއް ނުކުރެވޭނެ. އަޅުގަނޑުގެ އޮފަރަކީ މިއީ!"
އަނާ ދެލޯމަރާލިއެވެ. އޭނާގެ ލޮލުން ކަރުނަތައް އޮހެނީއެވެ. ލޯމަރައިގެން އިނދެ އެއްޗެކޭ ބުނެވޭތޯ އޭނާ އުޅުނެވެ.
"ކަލާ...ކަލާ އަކީ ވަރަށް މަތިވެރި އިންސާނެއް. އަޅުގަނޑު ހީކުރީ ވަރަށްވުރެ އަދި އަޅުގަނޑު ބޭނުންވިވަރަށްވުރެ ވެސް ކަލާގެ މަތިވެރިކަން. މާއުސް ...އެކަމަކު..އެކަމަކު ހިތާމައަކީ އަޅުގަނޑުގެ އަތުގައި ކަލާއަށް ދޭނެ އެއްވެސް އެއްޗެއް ނެތްކަން.."
"އަޅުގަނޑު އެއްވެސް އެއްޗެއް ބޭނުމެއްވެސް ނޫން. ސަބަބަކީ އަޅުގަނޑު މިހާރުވަނީ އަޅުގަނޑުގެ ފީ ކަލާއަތުލާފައި، އަދި އެ ފީއަކީ ވަރަށް ބޮޑު ފީއެއް"
އަނާ ލޯ ހުޅުވާލާފައި ޘަނާއުﷲއާ ދިމާއަށް ބަލަން އިނެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު ބުންޏެވެ.
"ކަލާ އަކީ އިންސާނެއްނޫން..މަލާއިކަތެއް"
"މަލާއިކަތެކޭތޯ؟ ނޫން އަޅުގަނޑަކީ އިންސާނެއް އެހެނީ މަލާއިކަތުންގެ އަމިއްލަ އެދުމެއް ނޯންނާނެ ފައިދާ ހޯދަން މަސައްކަތެއް ނުކުރައްވާނެ!"
"ތިޔަ ބުނުއްވި އެއްޗެއް އަޅުގަނޑަކަށް ނުވިސްނުނު." އަނާ ޙައިރާން ވެފައި ބުންޏެވެ. ޘަނާއުﷲ ހިނިތުންވެލިއެވެ. އަދި ސިނގިރޭޓް ދަމާލާފައި ބުންޏެވެ.
"އަޅުގަނޑު ކަލާއަތުން ފީއެއް އަތުލައިފީމު ނޫންތޯ. އަޅުގަނޑު މިކަންމިކުރަނީ ﷲއަށްޓަކައި ހިލެއަކު ނޫނެއްނޫންތޯ؟"
"އަޅު.. އަޅުގަނޑަށް ކަލާއާ މެދު ނުވިސްނުނީ ޘަނާ!"
ޘަނާ ހީނލިއެވެ. އަދި ބުންޏެވެ.
"މާދަންނޫން އަނެއް ދުވަހުން ކަލާއަށް ހޮސްޕިޓަލުން ނުކުންނެވޭނެ"
"އަސްލުގައިވެސް؟"
"ލައްބަ މިހާރު ދެން ކަލާ ހޮސްޕިޓަލްގައި އިންނެވުމުގެ ބޭނުމެއްނެތް."
"ކޭހުގެ ހުރިހާ ޕޮއިންޓުތަކެއްވެސް މިހާރު ރަނގަޅަށް ހަރުދަނާ ކުރެވިއްޖެ ކަލާގެ ކޭސް ނިންމާފައި ދެން އަޅުގަނޑު ޚާންއާޞިފްގެ އޮފަރާމެދު ވިސްނާނަން، ފަހަރެއްގައި އެއީ ފައިދާ ހުރިކަމަކަށްވެސް ވެދާނެ ކަންނޭނގެ!"
"ކަލާ އޭނާގެ ގޭގައި ވަޒީފާ އަދާކުރައްވާނީތަ؟"
"ވިހިހާސް ރުފިޔާ މުސާރަ ލިބިފައި، އެހެން ކަންތައްތައްވެސް ހިލޭ ލިބޭއިރު ދިރިއުޅުން ކިހާ އަރާމުގައި ހޭދަކޮށްލެވޭނެތޯ؟"
އެހެން ބުނަމުން ޘަނާ ތެދުވެއްޖެއެވެ. އަދި ޙައިރާންވެފައި އިން އަނާ އާދިމާއަށް ބަލާލުމަށްފަހު އެނބުރިލާފައި ބޭރަށް ދާން ހިނގައިގެންފިއެވެ.
"އަނާ..." އޭނާ ދާތަން ބަލަން އިނެވެ. އޭނާ ވޯރޑުން ނުކުތުމުން ފުންނޭވާއެއްލިއެވެ. އަދި އަމިއްލައަށް ބުނެލިއެވެ.
(ނުނިމޭ)
varahves varahves reethi shukuran