ޔޫރޯ 2020 ގައި މިހައިތަނަށް ކުޅުނު އެންމެ ރަނގަޅު މެޗު ނިމިގެން ދިޔައީ 3 ލަނޑު 2 ލަނޑުން ނެދަލެންޑްސް މޮޅު ވެގެންނެވެ. ރޭ މެންދަމު ކުޅުނު މެޗުގައި ނެދަލެންޑްސްއާ ބައްދަލުކުރީ ޔޫކްރެއިނެވެ.
މެޗު ފެށިގެން ފުރަތަމަ ހާފު ނިމުމާ ހަމައަށްވެސް ދެ ޓީމުން ދާދި އެއްވަރަކަށް ކުޅުނެވެ. ބައެއް ފަހަރު ޔޫކްރެއިން ކުރިއަށް އަރައި ހަލުވި ކުޅުމެއް ދައްކައެވެ. އަނެއް ބައި ފަހަރު ނެދަލެންޑްސް ގެ ކުޅުން އާދަޔާ ޚިލާފަށް ހަލުވި ވެގެން ދެއެވެ. ފުރަތަމަ ހާފުގެ ތެރޭގައިވެސް ދެ ޓީމަށް ލަނޑު ޖަހާނޭ ފުރުސަތު ލިބުނެވެ. ދިފާއަށް ވަރަށް ބޮޑަށް ފަރުވާތެރި ނވެގެން ދެ ޓީމުންވެސް ކުޅެމުން ގެންދިއުމުގެ ސަބަބުން ދެ ޓީމުން ކުރެ ޓީމަކަށް ފުރަތަމަ ހާފުގައި ލަނޑެއް ނުޖެހެއެވެ.
ފުރަތަމަ ހާފުގައި ނެދަލެންޑްސްގެ ޑެންޒެލް އަށް ލިބުނު ވަރަށް ރަނގަޅު ފުރުސްތެއްގެ ބޭނުމެއް ނުކުރެވުނެވެ. ހުހަށް ސީދާ ގޯލަށް ފޮނުވައިލާން އޭނާއަށް ލިބުނު ބޯޅަ ރަނގަޅަކަށް ފަޔަކަށް ނޭރިއެވެ. ބޯޅަ ދިޔައީ އަރިމަތިން ދަނޑި ކައިރިން ބޭރަށެވެ. މިއީ ފުރތަމަ ހާފުގައި ދެ ޓީމަށް ބަލާއިރުޔވެސް ލަނޑެއް ޖަހަން ލިބުނު އެންމެ ރަނގަޅު ފުރުސަތެވެ.
ދެވަނަ ހާފު ފެށިގެން ކުޅުން ފެށުމާއެކު ނެދަލެންޑްސްގެ ހަމަލާތައް ވަރުގަދަ ވެގެން ދިޔައެވެ.
ނެދަލެންޑްސްގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 52 ވަނަ މިނިޓުގައި ވައިނަލްޑަމްއެވެ. އޭނާގެ މި ލަނޑާއެކު ޔޫކްރެެއިންގެ ކުޅުން ރޫޅިގެން ދިޔައެވެ. ނަތީޖާއަކަށްވީ އޭގެ ހައެއްކަ މިނިޓު ފަހުން އަނެއްކާވެސް ނެދަލެންޑްސް އިން ލަނޑެއް ޖެހުމެވެ. މި ލަނޑު ޖެހީ 58 ވަނަ މިނިޓުގައި ވައުޓް ވެޚޯސްޓެވެ. މި ދެ ލަނޑުވެސް ޖަހައިފައި ވަނީ ދިފާއަށް ހެދުނު ގޯސްތަކެއްގެ ސަބަބުންނެވެ.
ނެދަލެންޑްސް އިން ދެ ލަނޑު ޖެހީމާ ކުޑައިރުކޮޅަކަށް ޔޫކްރެެއިންގެ ކުޅުން ރޫޅި ހިތްވަރު އެލޭގޮތް ވީ ނަމަވެސް އިސާހިތަކު އަނެއްކާވެސް އާ ހިތްވަރަކާއެކު ކުޅެގެންފިއެވެ. ނެދަލެންޑްސްއިން މެޗުން މޮޅުވީ ކަމަށް ބަލައި ކުޑަކޮށް ފަރުވާ ވެގެން ދިޔަދިއުމުގެ ފައިދާ ޔޫކްރެއިން އިން ވަރަށް ރަނގަޅަށް ނަގާން ފަށައިފިއެވެ.
މެޗުގެ 75 ވަނަ މިނިޓުގައި ޔޫކްރެއިނުން ޖެހި ލަނޑަކީ މި މުބާރާތުގައި މިހައިތަނަށް ޖެހި އެންމެ ރީތި އެއްލަނޑެވެ. ބުރެކިކޮށް ޔެރްމޮލެންކޯ ފޮނުވާލި ބޯޅަ ގޮސް ވަނީ ގޯލުގެ ވައަތްފަރާތު މަތީ ކަނަށެވެ.
އޭގެ ހަތަރު މިނިޓު ފަހުން 79 ވަނަ މިނިޓުގައި ޔާރެމްޗުކް ޖެހި ލަނޑަކީވެސް ވަރަށް ރީތި ލަނޑެކެވެ. އޭރިއާގެ ބޭރުން އޭނާ ފޮނުވާލި ބާރު ބޯޅަ އުންޑައެއްހެން ގޮސް ވަނީ ގޯލުގެ ވައަތް ފަރާތު ކަނަށެވެ.
އޭގެ ފަހުން އަނެއްކާވެސް ދެ ޓީމުން ހަމަހަމަ ކުޅުމެއް ކުޅެން ފަށައިފިއެވެ. ދެ ޓީމަށްވެސް ކުދިކުދި ފުރުސަތު ލިބުނެވެ.
ނެދަލެންޑްސް މޮޅުވީ ލަނޑު ޖަހައި ދިނީ ފުރަތަމަ ހާފުގައި ލިބުނު ރަނުގެ ފުރުސްތު ނަގައިލީ ޑެންޒެލް ޑަމްފްރީސް އެވެ. މިއީ އޭނާގެ ފުރަތަމަ ބައިނަލްއަގުވާމީ ލަނޑެވެ. މި ގޮތަށް މެޗު ނިމެން ދަނިކޮށް ނެދަލެންޑްސް މޮޅުކޮށްދިން ލަނޑެއް އެންމެ ފަހުން ޖަހާފައި ވަނީ މިހާރު އެ ޓީމުގެ ކޯޗެއްގެ މަގާމުގައި ހުރި ފައުކް ޑިބޮއާއެވެ. އެއީ ޔޫރޯ 2000 ގައި ޗެކް ރިޕަބްލިކް ކޮޅަށް އޭނާ ޖެހި ލަނޑެވެ.