ޔޫރޯ 2020 ގައި ރޭ މެންދަމު 12 ޖެހިއިރު ކުޅުނު ދެ މެޗުވެސް ނިމުނީ 2 ލަނޑު 2 ލަނޑުން އެއްވަރު ވެގެންނެވެ.
ޖާމަނީ ހަންގޭރީ މެޗުގައި ފުރަތަމަ ލަނޑު ޖެހީ ހަންގޭރީންނެވެ. އެއީ މެޗުގެ 11 ވަނަ މިނިޓުގައެވެ. ޖަރުމަނުން އެއްވަރު ކުރި ލަނޑު ޖެހީ 67 ވަނަ މިނިޓުގައެވެ. އެޔަށް ފަހު އަނެއްކާވެސް ހަންގޭރީން ލަނޑެއް ޖެހިއެވެ. އެއީ ޖަރުމަނުން އެއްވަރު ކުރިތާ މިނިޓެއްވެސް ނުވަނީސް ޖެހި ލަނޑެކެވެ. ޖަރުމަނުން ދެވަނަ ފަހަރަށް އެއްވަރު ކުރި ލަނޑު ޖެހީ މެޗުގެ 84 ވަނަ މިނިޓުގައެވެ.
ޕޯޗުގަލް ފަރާންސް މެޗުގައި ޕޯވުގަލްގެ ދެ ލަނޑުވެސް ޖަހާފައި ވަނީ ޕެނަލްޓީންނެވެ. ދެ ޕެނަލްޓީވެސް ޖެހީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އެއީ 30 މަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކާއި 59 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއެކެވެ. ފްރާންސްގެ ދެ ލަނޑުވެސް ޖެހީ ކަރީމް ބެންޒެމާއެވެ. ފުރަތަމަ ލަނޑަކީ ފްރާންސަށް ލިބުނު ޕެނަލްޓީއަކުން ޖެހި ލަނޑެކެވެ. އެއީ މެޗުގެ ފުރަތަމަ ހާފުގެ އިތުރު ގަޑީގައެވެ. ބެންޒެމޤގެ ދެވަނަ ލަނޑު ޖެހީ މެޗުގެ 47 ވަނަ މިނިޓުގައެވެ.
މިރޭގެ ދެ މެޗު އެއްވަރު ވުމުން ގްރޫޕް އެފް އިން ދެވަނަ ބުރަށް ތިން ޓީމެއް ހިނގައްޖެއެވެ. އެއީ ފްރާންސާއި ޖާމަނީއާއި ޕޯޗުގަލެވެ.
ދެވަނަ ބުރަށް ހޮވުނު ޓީމުތައް
| ގުރޫޕު | އެއްވަނަ ޓީމު | ދެވަނަ ޓީމު | ތިންވަނަ ޓީމުގެ ތެރެއިން އެންމެ މޮޅު ޓީމު |
| A | އިޓަލީ | ވޭލްސް | ސްވިޓްޒަލެންޑް |
| B | ބެލްޖިއަމް | ޑެންމާކް | |
| C | ނެދަލެންޑްސް | އޮސްޓްރިއާ | ޔޫކްރެއިން |
| D | އިންގްލަންޑް | ކްރޯއޭޝިއާ | ޗެކް ރިޕަބްލިކް |
| E | ސްވިޑްން | ސްޕެއިން | |
| F | ފްރާންސް | ޖާމަނީ | ޕޯޗުގަލް |
ދެވަނަ ބުރަށް ހޮވިފައި ވަނީ ކޮންމެ ގްރޫޕެއްގެ އެއްވަނަ ޓީމާއި ދެވަނަ ޓީމު ހިމަނައިގެން ހޮވާ 12 ޓީމާއި ތިންވަނައަށް ދާ ހަ ޓީމުގެ ތެރެއިން އެންމެ މޮޅު ކަމަށް ހޮވޭ 4 ޓީމާއެކު ޖުމުލަ 16 ޓީމެވެ.
ދެވަނަ ބުރުގެ ކުޅުން ހަމަޖެހިފައިވާ ގޮތް
| ވޭލްސް - ޑެންމާކް | ރޭގަނޑު 9:00 | 26 ޖޫން - ހޮނިހިރު |
| ނެދަލެންޑްސް - ޗެކް ރިޕަބްލިކް | ރޭގަނޑު 9:00 | 27 ޖޫން - އާދީއްތަ |
| އިޓަލީ - އޮސްޓްރިއާ | މެންދަމު 12:00 | |
| ކްރޮއޭޝިއާ - ސްޕެއިން | ރޭގަނޑު 9:00 | 28 ޖޫން - ހޯމަ |
| ބެލްޖިއަމް - ޕޯޗުގަލް | މެންދަމު 12:00 | |
| އިންގްލަންޑް - ޖާމަނީ | ރޭގަނޑު 9:00 | 29 ޖޫން - އަންގާރަ |
| ފްރާންސް - ސްވިޓްޒަލެންޑް | މެންދަމު 12:00 | |
| ސްވިޑްން - ޔޫކްރެއިން | މެންދަމު 12:00 | 30 ޖޫން - ބުދަ |
