ކާބުލްގައި ސަރުކާރުގެ ކާރަކަށް ހަމަލާދީ 5 މީހުން މަރާލައިފި

މަރުވި މީހުންގެ ތެރޭގައި 2 ޕްރޮސެކިއުޓަރުންވެސް ހިމެނޭ

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި އެޓާނީ ޖެނެރަލްގެ އޮފީހުން ކާރަކަށް އިއްޔެ ހެނދުނު ހަމަލާދީ 5 މީހުން މަރާލައިފިއެވެ. މަރުވިމީހުންގެ ތެރޭގައި 2 ޕްރޮސެކިއުޓަރުންވެސް ހިމެނެއެވެ.

ކާބުލް ފުލުހުންގެ ތަރުޖަމާނު ފިރްދައުސް ފަރާމަރްޒް ވިދާޅުވި ގޮތުގައި މި ހަމަލާގައި އެޓާނީ ޖެނެރަލްގެ އޮފީހުގެ ދެ މުވައްޒަފަކާއި، ކާރުގެ ޑްރައިވަރުވެސް ވަނީ މަރުވެފައެވެ.

މި ހަަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައި ނުވެއެވެ. އެހެންނަަމަވެސް ފަހަކަށް އައިސް އަފްޣާނިސްތާނުގައި ދެވޭ މިފަަދަ ހަމަލާތައް އިތުރުވެފައި ވާއިރު، ގިނަ ހަމަލާތަކުގެ ޒިންމާ އުފުލާފައި ވަނީ އިސްލާމިކް ސްޓޭޓް (އައިސިސް) ގެ އަފްޣާން ގޮފި، އިސްލާމިކް ސްޓޭޓް އޮފް ޚުރާސާން ޕްރޮވިންސެވެއެ ޖަމާއަތުގެ މައިމަރުކަޒު ހުންނަނީ ނަންގަރްހާރް ޕްރޮވިންސުގައެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާނެއްގައި ވާގޮތުން ކާރަށް ހަމަލާދީފައި ވަނީ އޮފީހަށް ދިއުމަށް ދަތުރުކުރަމުން ދަނިކޮށެވެ. އަދި ހަމަލާއަށް ފަހު އެ އަމަލު ހިންގި މީހުން ވަނީ އެ ސަރަހައްދުން ފިލާފައެވެ.

މި ޖޫން މަހުގެ ކުރީކޮޅު އައިސިސް ވަނީ ދެ މިސްކިތަކަށް ހަމަލާ ދީ ދެ މިސްކިތުގެ އިމާމުންނާއި ނަމާދަށް ތިބި ބައެއް މީހުން މަރައިލާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.