މިއަދު ޕޮޒޓިވް ވި ކޭސްތަކުގެ ތެރެއިން ގާތުން ބަލައި ފަރުވާ ދިނުމަށް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރެވުނު މީހާއަކީ ސްޓްރޯކެއް ޖެހި އެނދުމަތިވެފައިވާތާ ދެ އަހަރުވެފައި ވެފައިވާ މީހެއް ކަމަށް ޑރ. މޫސާ ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ނޫށްވެރިންގެ ބައްދަލުވުމުގައި ޑރ. މޫސާ ވިދާޅުވީ އެމީހާ ސްޓްރޯކް ޖެހުމުގެ އިތުރުން ކާ އެއްޗެހި ނޭވާ ހޮޅިއަށް ގޮސްގެން ހޮސްޕިޓަލުގައި އެޑްމިޓްކުރެވި ފަރުވާ ދެވެިފައވާ މީހެއްކަމަށް ވިދާޅުވިއެވެ. ޑރ. މޫސާ ވިދާޅުވިގޮތުގައި އެ މީހާއަކީ ހާލަތު ދަށްވެގެން ހިނގައިދާނެ މީހެއް ކަމަށެވެ. އެ މީހާގެ އޮކްސިޖަން ލެވެލް މިހާރު ހުރީ 94 ގައި ކަމަށާއި އާއްމުގޮތެއްގައި އޮކްސިޖަން ލެވެލް ހުންނަންވަނީ 98ގައި ކަމަށް ވިދާޅުވިއެވެ.
މިހާރު މާލޭގައި ފުދޭ ވަރަކަށް ބައލި ފެތުރިފައިވާ ކަމަށް ޑރ. މޫސާ ވިދާޅުވިއެވެ. ނޭވާ ލުމުގެ ނިޒާމުގެ ބަލިތައް ހުންނަ މީހުންނަކީ ދިފާއީ ނިޒާމު ވަރަށް ދަށް ބައެއްކަން ފާހަގަކުރައްވަމުން ޑރ. މޫސ ވިދާޅުވީ އެފަދަ ބަލިމީހުންގެ ކަންކަން ބަލަހައްޓާ މީޙުން އެމީހުން ގާތު އުޅޭ އިރު މާސްކު އެޅުމަށް ބާރު އެޅުއްވިއެވެ. އަދި ގިނަ މީހުން އެފަދަ މީހުން ގާތަށް ޒިޔާރަތްކުރުން މަދުކޮށް ގައިއދުރުކަން ބެހެއްޓުމަށް ވިދާޅުވިއެވެ.
ދަރުމަވަންތައަށް މިއަދު ބަދަލުކުރެވުނު މީހާއަކީ އުމުރުން 80 އަހަރުގެ މީހެކެވެ. އެމީހާގެ ހާލަތު ހަމަކުރަމުންދާނެ ކަމަށް ޑރ. މޫސާ ވިދާޅުވިއެވެ.