ކޯވިޑް-19 އަށް ޕޮޒިޓިވްވި ޢަދަދު މިއަދު 50 އިން ދަށުގައި 

ކޯވިޑް 19 އަށް މިއަދު  ޕޮޒިޓިވްވި ޢަދަދު އުޅެނީ 50 އިން ދަށުގައެވެ. 

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުން ދައްކާގޮތުން މިއަދު ހައެއް ޖެހުމާ ހަމައަށް 24 ގަޑިއިރުތެރޭގައި ކޯވީޑަށް ޕޮޒިޓިވްވެފައިވަނީ 41 މީހުންނެވެ. އެއީ37 ދިވެހިންނާއި ހަތަރު ބިދޭސީންނެވެ. މިޢަދަދާއެކު ކޯވިޑް ޖެހުނު މީހުންގެ ޖުމުލަ ޢަދަދަކީ 11154 އެކެވެ. މިއަދުގެ ޢަދަދުގެ ތެރެއިން ހަތް މީހަކު ފިޔަވައި އެންމެންނަކީ ވެސް މާލެ ސަރަޙައްދުން ޕޮޒިޓިވްވި މީހުންނެވެ. 

ބަލިޖެހި ޝިފާ ލިބުނު މީހުންގެ ޢަދަދު 9995 އަށް އަރައިފައިވާއިރު މިހާރު ބަލި ތަޙައްމަލު ކުރަމުން ދަނީ 1117 މީހުންނެވެ. އޭގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ 49 މީހުންނަށެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 384 މީހުންނެވެ. 

މިހާރު އަތޮޅުތަކުގެ 20 ރަށެއްގައި ބަލި ތަޙައްމަލު ކުރަމުންދާ ޢަދަދަކީ 69 އެވެ. މިވަގުތު 19 ރިސޯޓެއްގައި 15 ޓޫރިސްޓަކާއި 25 މުވައްޒަފުން ބަލި ޖެހިފައި އެބަ ތިއްބެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.