މުހިންމު ޚިދުމަތްތަކަށް އޮންލައިންކޮށް އެދުމުގެ ފުރުސަތު ސްޓެލްކޯއިން ފަހިކޮށްދީފި

ސްޓެލްކޮއިން ދެމުން ގެންދާ ޚިދުމަތްތަކުގެ ތެރެއިން ކޮންމެހެން ބޭނުންވާ މުހިންމު ޚިދުމަތްތަކަށް އޮންލައިންކޮށް އެދުމުގެ ފުރުސަތު ސްޓެލްކޯއިން ހުޅުވައިފިއެވެ.

ސްޓެލްކީއިން ވިދާޅުވެފައިވަނީ އެކުންފުނިން ދެމުންގެންދިޔަ ބައެއް ޚިދުމަތް ކޮވިޑް-19 ގެ ސަބަބުން ވަނީ މަޑުޖައްސާލަން ޖެހިފައި ކަމަށެވެ. "އެހެންނަމަވެސް ކުރިއަށް އޮތީ ރަމަޟާން މަސް ކަމަށްވާތީ އާއި ސަރުކާރު ބަންދުނަމަވެސް ރައްޔިތުންނަށް ރައްޔިތުންނަށްބޭނުންވާ މިކުންފުންޏާ ގުޅުންހުރި އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ލިބޭނެ މަގެއް ހޯދައިދިނުމަށާއި ގްރޭޓަރ މާލެ ސަރަހައްދަށް މިވަގުތަށް ކޮންނެހެން ބޭނުންވާ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ގޭގައި ތިއްބަވައިގެން ޚިދުމަތްތަކަށް އެދި ފޯމް ހުށަހެޅުއްވުމާއި ފައިސާ ދެއްކެވުމުގެ އިންތިޒާމްތައް މިހާރުވަނީ ހަމަޖެހިފައެވެ." ސްޓެލްކޯއިން ނެރެފައިވާ ބަޔާނެއްގައި ވެއެވެ.

އެކުންފުނިން މިހާރުވެސް ގެންދަވަނީ ބައެއް ޚިދުމަތްތައް އޮންލައިންކޮށް ފޯރުކޮށް ދެއްވަމުންނެވެ. އެކުންފުނިން ވިދާޅުވީ ގްރޭޓަރމާލެ ސަރަހައްދުގައި އުޅޭ މީހުންނަށް އޮންލައިންކޮށް ޚިދުމަތް ދެމުން ގެންދަވާނީ އީމެއިލް މެދުވެރިކޮށް ކަމަށެވެ.

ސްޓެލްކޯއިން ވިދާޅުވެފައިވަނީ އެކުންފުނިން އަތޮޅުތަކުގެ ރަށްރަށުގައި ހިންގަމުން ގެންދަވާ އިންޖީނުގެތަކުން ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި ކޮންމެ ހަފްތާއަކު ހޯމައާއި ބުރާސްފަތި ދުވަހު ރައްޔިތުންނަށް ޚިދުމަތްދޭނެ ކަމަށެވެ. އެގޮތުން އެދެދުވަހު ހެނދުނު 10:00 އިން ފެށިގެން މެދުރުފަހު 3:00 އަށް އެ އިންޖީނުގެތަކުގެ އޮފީސް ހުޅުވާފައި ހުންނާނެ ކަމަށްވެސް ސްޓެލްކޯއިން ވިދާޅުވެފައިވެއެވެ.

އެކުންފުނީގެ ސޭލްސް ސެންޓަރުމެދުވެރިކޮށް ކަރަންޓާބެހޭ ޚިދުމަތްތަކުގެ ތެރެއިން ކޮންމެހެން ބޭނުންވާ ޚިދުމަތެއް ހޯދުމަށް އެތަނަށް ގުޅުމަށް ނުވަތަ އީމެއިލް ކުރުމުން އެކަމެއް ހަމަޖެހޭނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. މިހާރުގެ ޙާކަތަށް ބަލާއިރު އެންމެންގެ ސަލާމަތާއި ރައްކާތެރި ކަމަށް ބެލުމަށްފަހު ކޮންމެހެން މުހިންމު ނޫން ޚިދުމަތްތައް މިވަގުތަށް މަޑުޖައްސައިލުމަށް ވެސް އެކުންފުނީން ވަނީ އެދިވަޑައިގެންފައެވެ. ބިލްތަކަށް ފައިސާ ދެއްކެވުމަށް ކުންފުނީގެ ވެބްސައިޓާއި އެޕްލިކޭޝަން ބޭނުން ކުރުމަށް ވެސް ސްޓެލްކޯއިން ވަނީ އެދިވަޑައިގެންފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.