ރާއްޖެއިން ކޮވިޑް-19 ފެނި މަޑުމަޑުން ނަމަވެސް ފެތުރެން ފަށައިފިއެވެ. މީހުން ބިރުގަނެ ކަންބޮޑުވާން ފަށައިފިއެވެ. އެކަމުގެ އަސާރުތައް ރަށްރަށުން ފެންނަން ފަށައިފިއެވެ.
މިކަމާބެހޭ ގޮތުން ށ. ފުނަދޫ ހޮސްޕިޓަލުގެ ކޮމިޔުނިޓީ ހެލްތު އޮފިސަރ އަޙުމަދު ޒާހިދު ހުސައިން ވަނީ ރައްޔިތުންނަށް މެސެޖެއް ދެއްވައިފައެވެ. އޭނާގެ ފޭސްބުކު ޕޭޖުގައި ލިޔުއްވާފައިވަނީ ކޮވިޑް19 އާމެދު ހިތްނުތަނަވަސްވެ ބިރުގަންނަ ނަމަ "އަޅުގަނޑު ފަދަ ޞިއްޙީ އެހީތެރިއެއްގެ ލަފާ ހޯދާލުން ފަދަ ކަންތައްތައް" ކުރުމަށެވެ.
ޒާހިދު ވަނީ މިބައްޔަށް ސަމާލުވެ ނަފްސާނީ ގޮތުން ދިމާވެދާނެ މައްސަލަތަކުން ދުރުވެ ތިބުމަށް ވެސް އިރުޝާދު ދެއްވައިފިއެވެ.
ބަލިޖެހޭ މީހުންގެ ކަންކަން ބެލެހެއްޓުމުގައި އެހީތެރިވާން ބޭނުންނަމަ އެ ރަށެއްގައި ހެދިފައި އޮންނަ ޓާސްކްފޯހުގައި ބުނެލާފައި ބޭއްވުމަށް އޭނާ ވިދާޅުވެފައިވެއެވެ. އަދި ކަމާބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދު ތަކަށް ތަބާވުމާއި، ބަލި ފެތުރިދާނެ އެންމެ ނުރައްކާތެރި ހާލަތަކަށް ތައްޔާރުވެ ތިބުމަށް ވެސް އިރުޝާދު ދެއްވާފައިވެއެވެ. އޭގެ އިތުރުން ތިމާގެ ގެ ހުސްކޮށް އެހެން ތަނަކަށް ބަދަލުވާން ޖެހިއްޖެ ހާލަތެއްގައި ދާނެ ތަނެއް ކަނޑައަޅާފައި ބޭއްވުން ވެސް ބުއްދިވެރި ކަމަށް ވިދާޅުވެފައިވެއެވެ. އޭގެ އިތުރުން ތިމާ އާއި އާއިލާ ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ރަށުން ލިބެން ހުންނަ އެންމެ ފައިދާހުރި ކާނާ ކެއުމަށް އާދަ ކުރުމަށް ވެސް ވިދާޅުވެފައިވެއެވެ.
ކޮންމެ ދުވަހަކު ވެސް ކަސްރަތުކޮށް، ދުންފަތުގެ ދުމުން ރައްކާތެރިވުމާއި ދުންފަތުގެ ވަބާއިން މިންޖުވުމާއި، ނަމާދުކޮށް ދުޢާކުރުމާއި، ދޮގު ޚަބަރު ނުފަތުރައި، އިސްވެ ދެންނެވި ހުރިހާ ކަމަކަށް ތައްޔާރުވެގެން ތިބުމަށް އޭނާ ވަނީ އިރުޝާދު ދެއްވައިފައެވެ.
ދުނިޔެ އަދި ރާއްޖެއަށް ކުރިމަތިވި ކޮންމެ ކާރިސާއެއްގައި ދިވެހިންގެ ފަރާތުން މިހާތަނަށް ފެނިގެން ގޮސްފައިވަނީ އާދަޔާ ޚިލާފް ރޫޙަކާއި އެއްބައިވަންތަކަމެއް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ. ރާއްޖެ ނުރައްކާތެރި ވަބާއަކަށް ތައްޔާރުވަމުންދާއިރު، ގޭގައި ކަރަންޓީނު ކުރެވޭ މީހުންނަށް ނަފްސާނީ ނުތަނަވަސްކަމެއް މެދުވެރިވިޔަ ނުދިނުމަށް ވެސް އޭނާ ވަނީ އިރުޝާދު ދެއްވައިފައެވެ.
Tiyaee amilla ah amilla meehage molhuvaahaka dhakkaign angain kuriaran ulhey meeheh. Funadhoo hospital ga ulhey hurihaa meehunah ves ekan engeyne. Photo ah masahkah kuraany. Mikahala amilla edhumin foavefa thibey beethaannaa hure kan kan rangalhu nuvany
Thiya liyefathiotheeves eyge meehe. Etha dakutarunneh facebookga etha naseyha dhey iru ilmy vaahaka dhakkaairu eyna ah molhuvee thiya vaahaka viyya. Keeke dhen bunaani.