އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ސްޕީޗް ތެރަޕީގެ ހިދުމަތް ދޭން ފަށަނީ

ހިތަދޫގައި އަލަށް ގާއިމްކުރި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލް، އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލް (އޭ.އީ.އެޗް) ގައި ސްޕީޗް ތެރެޕީގެ ހިދުމަތް ދޭން ފަށަން އެހޮސްޕިޓަލުން ނިންމަވައިފިއެވެ.

މިޚިދުމަތް ފެށޭނެ ވަކި ތާރީޚެއް އަދި ކަނޑައެޅިފައެއް ނުވެއެވެ. އެހެންނަމަވެސް މިފެށޭ ހަފްތާތެރޭ މި ހިދުމަތް ތަޢާރަފް ކުރެވޭނެކަމުގެ ޔަގީންކަން ހޮސްޕިޓަލުން ވަނީ ދީފައެވެ. މި ޚިދުމަތް ދިނުމަށް ބޭނުންވާ މުވައްޒަފުން ވެސް ވަނީ އޭއީއެޗްގެ ޓީމާ ގުޅިފައެވެ.  މިއީ  މާލޭ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދެއްގައި  ސަރުކާރުން ސިއްހީ ހިދުމަތްފޯރުކޮށްދޭ ހޮސްޕިޓަލެއްގައި މި ހިދުމަތް ދޭން ފަށާ ފުރަތަމަ ފަހަރެވެ.

ސްޕީޗް ތެރަޕީގެ ހިދުމަތަކީ ވާހަކަ ދެއްކުމުގައި ދަތިތަކެއް ހުންނަ ފަރާތްތަކަށް ދެވޭ ހާއްސަ ޚިދުމަތެކެވެ. ހާއްސަކޮށް އޯޓިޒަމް އާއި އެޓެންޝަން ޑެފިސިޓް ހައިޕަރއެކުޓިވިޓީ ޑިސްއޯރޑަރ ( އޭ.ޑީ.އެޗް.ޑީ) ހުންނަ ފަރާތްތަކުގެ ކިބައިގައި މިފަދަ ދަތިތައް ހުންނަ އިރު އޭއީއެޗްގައި މިޚިދުމަތް ދޭން ފެށިގެން ދިއުމަކީ މިސަރަހައްދުގެ ދިރިއުޅެމުންދާ މިފަދަ ފަރާތްތަކަށް ފަރުވާހޯދުމަށް މިހާރު އުފުލަމުންދާ ތަކުލީފް ބޮޑުތަނުން ކުޑަވެގެންދާނެ ކަމެއްކަންޔަޤީނެވެ.

ދިވެހިރާއްޖޭގެ ކުޑަކުދިންގެ އާބާދީގައި މިފަރުވާ ބޭނުންވާ ކުދިން  ގިނައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.