![equatoroal](https://aafathis.mv/wp-content/uploads/2020/01/equatoroal-678x381.jpg)
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި އިތުރު ޚިދުމަތްތަކެއް ބުދަ ދުވަހު ފަށާނެ ކަމަށް އެތަނުން ވިދާޅުވެއްޖެއެވެ.
ހިތަދޫރީޖަނަލް ހޮސްޕިޓަލް (އެޗުއާރުއެޗު) އިން މިހާރު ދެމުން ގެންދާ ޚިދުމަތްތަކުގެ ތެރެއިން ބުދަދުވަހު އައު ހޮސްޕިޓަލަށް ބަދަލުކޮށް ޚިދުމަތްދޭން ފެށުމަށް ހަމަޖެހިފައިވަނީ އަންހެނުންގެ ބަލިތަކާއި، ކަށީގެބަލިތަކާއި، ކުޑަކުދިންނަށް ޚާއްސަ ބަލިތަކާއި، އޮޕަރޭޝަން ޚިދުމަތްތަކާގުޅޭ އައުޓްޕޭޝަންޓް ޑިޕާރޓްމަންޓް ކަމަށް ހޮސްޕިޓަލުން ވިދާޅުވިއެވެ.
މީގެ ކުރިން ތިން ޚިދުމަތެއް އައު ހޮސްޕިޓަލަށް ވަނީ ބަދަލުކޮށްފައެވެ. އެއީ ހިތުގެ ބަލިތަކުގެ އޯޕީޑީއާއި ދަތުގެ ޚިދުމަތާއި، ކަރުންމަތީގެ ބަލިތަކުގެ އޯޕީޑީއެވެ. މިއިން ކޮންމެ ޚިދުމަތެއްވެސް އެޗުއާރުއެޗަށް ވުރެ ރަނގަޅަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ލިބޭނެ ކަމަށް އެތަނުން ވިދާޅުވިއެވެ.
![](https://ssl.gstatic.com/ui/v1/icons/mail/images/cleardot.gif)