ބޭރު ނަމްބަރުތަކުން ރާއްޖޭގެ ފޯން ނަމްބަރުތަކަށް މެސެޖުކޮށްފައި ގުޅައިދިނުމަށް އެދި މެސެޖުފޮނުވާ ޝަކުވާ ލިބެމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އެގޮތަށް އަންނަ އެސްއެމްއެސް ތަކަށް ޖަވާބުދިނުމަކީ ރައްކާތެރި ކަމެއް ނޫންކަމަށެވެ. އެހެންކަމުން އެފަދަ އެސްއެމްއެސްތަކަށް ޖަވާބު ނުދިނުމަށް ފުލުހުން މިރޭވަނީ އިލްތިމާސް ކޮށްފައެވެ. އެއީ ފައިސާ ހޯދުމަށް ހިންގަމުން ގެންދާ ފްރައުޑު ޢަމަލުތަކެއް ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުން ވިދާޅުވީ މިގޮތަށް އަންނަ މެސެޖުތަކާއި ފޯން ކޯލްތަކަށް ވަރަށްބޮޑަށް ސަމާލުވާންޖެހޭ ކަމަށެވެ.