މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 186 ސެލޯފިންކޮޅާއެކު 4 މީހަކު ހުޅުމާލެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް މައްސަލަ ތަހުޤީޤު ކުރަން ފަށައިފިއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 21 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ ފިރިހެނަކާއި 18 އަހަރުން ދަށުގެ ދެ ކުއްޖެކެވެ. މި ހަތަރު މީހުންވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ހުޅުމާލޭގެ ކާނިމަގުގެ އިރުމަތީ ފަރާތުން ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުގެރޭ 19:45 ހާއިރުއެވެ.
މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅުތައް ފެނިފައިވަނީ ހުޅުމާލޭގެ ކާނިމަގުގެ އިރުމަތީ ފަރާތު ގަސްގަނޑުތެރެ ބަލައިފާސްކުރިއިރުއެވެ.
މިމައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.
(ޕޮލިސް ސަރޖަންޓް ޖާވީދު އިސްމާޢީލް)