މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިސްލާމީ ޢިލްމުވެރިއެއް ކަމުގައިވާ މުފްތީ އިސްމާޢީލް މެންކް އާ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރު މިއަދު ބައްދަލު ކުރައްވައިފިއެވެ.
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގައި މިއަދު ހެނދުނު ބޭއްވި މިބައްދަލު ކުރެއްވުމުގައި ދީނީ ހައްދުފަހަނައަޅައި ދިއުމާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާ ކުރައްވާފައެވެ. މުފްތީ އިސްމާއީލް މެންކްގެ ވާހަކަފުޅުގައި މިކަމުގައި ވެދެއްވެން އޮތް އެހީތެރިކަމެއް ވެދެއްވާނެ ކަމަށް ވިދާޅުވެފައި ވެއެވެ.
އިސްމާޢީލް މެންކަކީ ޒިމްބާބުވޭގެ އިސްލާމީ ޝިޢާރުގެ އެންމެ އިސް ވެރިޔާއެވެ. އެ ގައުމުގެ މުފްތީއެވެ.
އިއްޔެ މަސްޖިދް މުޙައްމަދު ތަކުރުފާނުލްއަޢުޡަމްގައި އިމާމުވެ ހުކުރު ނަމާދު ކުރެއްވީ މެންކެވެ. އަދި ހަމަ އެ މިސްކިތުގައި އޭނާގެ ދީނީ ދަރުހެއްވެސް އޮތެވެ. ހުކުރު ޚުޠުބާ އޭނާ ބިނާ ކުރެއްވީ ހެޔޮ ގޮތުގައި މުދަލާއި ފައިސާ ހޭދަ ކުރުމުގެ މައްޗަށެވެ. ރޭގެ ދަރުސް ބިނާ ކުރެއްވީ އެކަކު އަނެކަކާ އޮންނަ ގުޅުމާއި އެ ގުޅުން ދަމަހައްޓާނޭ ގޮތުގެ މައްޗަށެވެ.