ލ. މާމެންދޫ ގެއެއްގެ ސިމެންތި ފުރާޅެއްގެ މައްޗަށް ފާރެއް ވެއްޓިއްޖެ

ފޮޓޯ: މޯލްޑިވްސް ޕޮލިސް ސަރވިސަސް

ލ. މާމެންދޫގައި ގެއެއްގެ ފުރާޅު މައްޗަށް ފާރެއް ވެއްޓި ލބުނު ގެއްލުންތައް މަރާމާތުކުރުމަށް ފުލުހުން އެހީތެރިވެއްޖެއެވެ.

ފާރު ވެއްޓުނީ ސިމެންތި ޓިނު ފުރާޅެއްގެ މައްޗަށެވެ. ފުރާޅުގެ ޓިނުތައް ފަޅައިގެން ދިއުމުގެ ސަބަބުން ސީލިންގާއެކު ބައެއް ގޭތެރެއަށް ވެއްޓި 2 އަހަރުގެ ކުޑަ ކުއްޖަކަށާއި 38 އަހަރުގެ ފިރިހެނަކަށް އަނިޔާ ވެފައިވާ ކަމަށް ފުލުހުން ހާމަކުރައްވައެވެ. އަނިޔާ ލިބުނު ކުޑަކުއްޖާ އާއި މީހާގެ ހާލު ރަނގަޅު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފޮޓޯ: މޯލްޑިވްސް ޕޮލިސް ސަރވިސަސް

މި ހާދިސާގައި ގެއަށް ލިބުނު ގެއްލުންތައް މަރާމާރު ކުރުމަށް ފުލުހުން ވަނީ އެހީތެރިވެފައެވެ. އެގޮތުން ގޭތެރެ ސާފުކުރުމާއި ފުރާޅުގައި ޓިނު ޖެހުމަށް ފުލުހުން ވަނީ އެހީތެރިވެފައެވެ.

ފޮޓޯ: މޯލްޑިވްސް ޕޮލިސް ސަރވިސެސް

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.