އިނގުރައިދޫ ގައި ހިނގި އެކްސިޑެންޓެއްގައި 3 މީހަކަށް އަނިޔާ ވެއްޖެ

އިނގުރައިދޫ ހެލްތު ސެންޓަރ: ފޮޓޯ ސޯޝަލް މީޑިއާ

ރ. އިނގުރައިދޫގައި މިއަދު ހިނގި އެކްސިޑެންޓެއްގައި 3 މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މި އެކްސިޑެންޓާ ބެހޭ މަޢުލޫމާތު ލިބިފައިވަނީ މިއަދު 2:18 އެހައިކަންހާރު ކަމަށެވެ. މަޢުލޫމާތު ދެއްވީ އިނގުރައިދޫ ސިއްޙީ މަރުކަޒުންނެވެ.

އެކްސިޑެންޓް ހިނގީ ދެ ސައިކަލްޖެހިގެންނެވެ. އެކްސިޑެންޓަށްފަހު އެމީހުންނަށް ވަނީ އިނގުރައިދޫ ސިއްހީ މަރުކަޒުން ފަރުވާދީފައެވެ. އެހެންނަމަވެސް މިހާރު އެމީހުންނަށް ވަނީ އިތުރު ފަރުވާ ދިނުމަށް އުނގޫފާރު ހޮސްޕިޓަލަށް ބަދަލު ކޮށްފައެވެ. އެކްސިޑެންޓުގައި އެމީހުންނަށް ލިބުނު އަނިޔާގެ އެއްވެސް ތަފްސީލެއް ލިބިފައެއް ނެތެވެ.

ފުލުހުން ވިދާޅުވީ އެމީހުންގެ ޙާލު ސީރިއަސް ނޫން ކަމަށެވެ. އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ތިން ދިވެހިންނަށެވެ. އެއީ 20 އަހަރުގެ މީހަކާއި 22 އަހަރުގެ މީހަކާއި 24 އަހަރުގެ މީހެކެވެ.

އެ މީހުންގެ ތެރެއިން ސައިކަލް ދުއްވި ދެމީހުންގެ އަތުގައި ލައިސަންސް ނެތް ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.