ފަނޑިޔާރުންގެ މަސައްކަތާ ބެހޭނަމަ ފިޔަވަޅު އަޅާނަން - ސުޕްރީމްކޯޓު

medium_45465

ފަޑިޔާރުންގެ މަސައްކަތާއި ބެހި ނުފޫޒް ފޯރުވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ސުޕްރީމް ކޯޓުން ވިދާޅުވެއްޖެއްޖެއެވެ.
ރޭ ނެރުއްވި ބަޔާނެއްގައި އެކޯޓުން ވިދާޅުވެފައިވަނީ ދިވެހި ރާއްޖޭގައި އިންސާފު ގާއިމު ކުރުމަކީ ، ކޯޓްތަކުގެ ދުސްތޫރީ މައްސަލައެއްކަމަށާ، އަމިއްލަ ފަރާތަކުން ވިޔަސް ، އަދި ދައުލަތުގެ ކަމެއް ހިނގުމާއި ހަވާލުވެހުރި މީހަކު ވިޔަސް، ފަޑިޔާރުންގެ މަސައްކަތާއި ބެހި ނުފޫޒް ފޯރުވައި ހަދައިގެން ނުވާނެ ކަމަށް ގާނޫނު އަސާސީގައި ސާފު ބަހުން ބަޔާންކޮށްފައިވާ ކަމަށެވެ.

"ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެންވާ ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގެ ބެލެނިވެރިކަމުގެ ޙައިޘިއްޔަތުގެ މައްޗަށް ރިޢާޔަތް ކޮށް، އެފަދަ އެއްވެސް ޢަމަލެއް އެއްވެސް ފަރާތަކުން ތަކުރާރު ނުކުރުމަށާއި ތަކުރާރުކޮށް އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާ މެދު ޤާނޫނީ ގޮތުން އަޅާން ޖެހޭ ފިޔަވަޅުތައް އެއްވެސް އިސްތިސްނާއެއް ނެތި އަޅަމުން ގެންދާނެކަން އެންގީމެވެ،" އެ ބަޔާނުގައިވެ އެވެ.

މީގެކުރިންވެސް ސުޕްރީމްކޯޓުންވަނީ ޝަރީޢަތުގެ ކަންކަމާއި، ފަނޑިޔާރުންނާ ގުޅޭގޮތުން ތަފާތު ވާހަކަތައް ނުދެއްކުމަށް އަންގަވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.