
އެންމެންގެ މަސްލަހަތު އޮތް މައްސަލައަކަށް ވާތީ އިންޠިޚާބާ ބެހޭ މައްސަލައިިގެ އަޑު އެހުންތައް ލައިވްކޮށް ދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ޕެޓިޝަނެއްގައި ސޮއިކުރުވުމުގެ މަސައްކަތް ފަށައިފިއެވެ. ޕެޓިޝަންގައި ސޮއި ކުރުވުމުގެ މަސައްކަތް ފަށާފައި މިވަނީ ސެޕްޓެންބަރު 23ވަނަ ދުވަހު ބޭއްވި ރިޔާސީ އިންޠިޚާބު ބާޠިލުކުރަން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅުމާއި ގުޅިގެންނެވެ.
އަޑުއެހުންތައް ލައިވް ކުރަން އެދިފައިވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ކޯޓަށް ހުށަހެޅި މައްސަލަ އަކީ ދިވެހި ރައްޔިތުންގެ މަސްލަހަތު ހިމެނޭ މައްސަލައަކަށް ވާތީ އެމައްސަލައިގެ ޝަރީޢަތް ރައްޔިތުންނަށް ފެންނަ ގޮތަށް ކުރިއަށް ގެންދިއުމަށެވެ. އެހެންކަމުން ކޯޓުގައި ޝަރީޢަތް ހިނގަމުންދާ ގޮތް ދައުލަތުގެ މީޑިއާ އިން ލައިވްކޮށް ދެއްކޭނެ އިންތިޒާމު ހަމަޖައްސާ ދިނުމަށް މި ޕެޓިޝަންގައި އެދިފައިވެއެވެ.
ޕެޓިޝަން ތައްޔޜު ކުރިފަރާތުން އެދިފަިއވަނީ ޕެޓިޝަންގައި ސޮއި ކުރުމަށްފަހު އާދީއްތަ ދުވަހު ހެނދުނު ސުޕްރީމް ކޯޓަށް ހުށަހެޅުމަށެވެ. ނުވަތަ ސުޕްރީމް ކޯޓަށް އީމެއިލް ކުރުމަށެވެ.
ރައީސް ޔާމީންގެ ފަރަތްޕުޅުން އިންޠިޚާބާ ބެހޭ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ވައްދާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އަދި މިހާރު މިމައްސަލަ ވަނީ އާދީއްތަ ދުވަހުގެ މެންދުރު ފަހު 1 ޖަހާއިރަށް ޝެޑިއުލްކޮށްފައެވެ.
https://twitter.com/hsuood/status/1050413069032026112?s=20