
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒް ޢަބްދުﷲ ޢަރީފު މުސްކުޅި ކުރައްވައި ކޯޓު ހިންގުން ޑރ. އަޒްމިރަލްދާ ޒާހިރް އާއި ހަވާލުކުރެއްވުމަށް ޖޭއެސްސީއިން ނިންމަވައިފިއެވެ.
ފަނޑިޔާރު ޢަބްދުﷲ ޢަރީފް މުސްކުޅިކުރެއްވުމަށް ޖޭއެސްސީ އިން ނިންމެވީ ސިއްހީ ހާލަތު ހުރިގޮތުން މުސްކުޅި ކޮށްދެއްވުމަށް ކޮމިޝަނުގައި އެދިވަޑައިގަތުމުންނެވެ.
ކޮމިޝަނުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒް ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރުކަމުގެ މަސައްކަތުން ވަގުތީ ގޮތުން ދުރުކުރެއްވުމަށް ވެސް ނިންމަވާފައެވެ. އެގޮތުން އެމަނިކުފާނު ފަސްދޮޅަސް ދުވަހުގެ މުއްދަތަށް މަސައްކަތުން ދުރުކުރެއްވުމަށް ވަނީ ނިންމަވާފައެވެ. ޣަނީ ސަސްޕެންޑުކުރެއްވުމަށް ނިންމެވީ އެ ކޮމިޝަނުން ތަހުގީގުކުރާ މައްސަލައިގެ ބާވަތުން މަސައްކަތުން ދުރުކުރައްވަން ޖެހޭކަމަށް ކޮމިޝަނަށް ފެނިވަޑައިގަތުމުންނެެވެ.
ހުރިހާ ގޮތަކުންވެސް އަންހެނުންނާއި ފިރިހެނުންނާއި ތަފާތެވެ. ފިރިހެނުން އަންހެނުންނާއި އިންނަނީ އެމީހުން ބުނިއަގެއްދީފައެވެ. އެހެންވީމާ ގޭގެ ޙަގީގީ ވެރިމީހަކީ ފިރިމީހާއެވެ. މިސްކިތްތަކުގައި އިސްވެ ނަމާދުކުރަނީ ފިރިހެނުންނެވެ. އަންހެނުންނަށް ނަމާދު ނުކުރެވޭ، ރޯދަނިހެފޭ ދުވަސްތަކެއް އަންނަކަން އެންމެންވެސް ޤަބޫލު ކުރެއެވެ. އެހެން ވީމާ އިސްލާމީ ޤައުމެއްގެ އެންމެފަހު ބަސް ބުނާ މީހަކަށް އަންހެނަކު އިސްކުރުމަކީ މިހާރުއޮތީ އިސްލާމީ ވެރިކަމެއްތޯ ސުވާލު އުފެދޭކަމެކެވެ.