އަނުޝްކާ ޝަރްމާ އަކީ ބޮލީވުޑް ތަރީންގެ ތެރެއިން ފާހަގަކޮށްލެވޭ މަގްބޫލު ތަރިއެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަނުޝްކާ އަށް ތާއީދު ކުރާ މީހުން ތިބެއެވެ. އޭނާގެ މަގްބޫލުކަމަށް ބަލައި ސިންގަޕޫރްގައި ހުންނަ ވެކްސް މިއުޒިއަމުން މިއަދު އަނުޝްކާގެ ވެކްސް ސްޓެޗޫ އެއް ބަހައްޓައިފިއެވެ.
މެޑަމް ޓުސޯޑްސްގައި ބެެހެއްޓުނު ސްތެޗޫ އަތުގައި އޮންނަ ފޯނުން މެހެމާނުންގެ ފޮޓޯ ނެގެއެވެ. އަދި މި ފޮޓޯ ޑިޖިޓަލްކޮށް އެކުވެރިންނާ އާއިލާ އައި ޝެއަރ ކުރެވެއެވެ. މި ސްޓެޗޫ އަކީ މި މިއުޒިއަމްގައި ބެހެއްޓުނު ފުރަތަމަ އިންޓަރެކްޓިވް ސްޓެޗޫ އެވެ. މި މިއުޒިއަމްގައި އަނުޝްކާގެ އިތުރުން ޝާހް ރުކް ޚާން އާއި އަމީތާބް ބައްޗަން ފަދަ ތަރީންގެ ސްޓެޗޫތައް ބަހައްޓާފައިވެއެވެ.