ޖަގަހަ ރޫޅާލުމާގުޅޭގޮތުން އެމްޑީޕީން ނެރުނުބަޔާން އެލްޖީއޭއިން ދޮގުކުރައްވައިފި

images

ބައެއް ރަށްރަށުގައި އިދިކޮޅު އެމްޑީޕީން ޖަހާފައިވާ ޖަގަހަތައް ފުލުހުން ރޫޅާލުމާގުޅޭގޮތުން އެމްޑީޕީން ނެރުނު ބަޔާން، ލޯކަލްގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ދޮގުކުރައްވައިފިއެވެ.

އެލްޖީއޭއިން ނެރުއްވާފައިވާ ބަޔާނެއްގައިވަނީ އެއެކިފަރާތްތަކުން ޤާނޫނާ ގަވާއިދާ ހިލާފަށް ބޭނުންކުރަމުންދިޔަ ބިންތައް އަތުލައި އެތަންތަނުގައި ހަދާފައިވާ ޖަގަހަފަދަ ތަންތަން ފުލުހުން ރޫޅާލާފައިވަނީ ކުރިން އެންގުމަކާއިނުލައި ކަމަށް އެމްޑީޕީން ބުނާ ބުނުމަކީ ދޮގެއްކަމަށެވެ.

ޤަވާޢިދާ ޚިލާފަށް ރާއްޖޭގެ އެކި ރަށްރަށުގައި އެކިމީހުން ބޭނުންކުރަމުންދިޔަ ބިންތައް 30 ދުވަހުގެ ތެރޭގައި ހުސްކުރެއްވުމަށް ހައުސިން މިނިސްޓްރީންވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ފަނަރަ ވަނަ ދުވަހު އެއޮތޯރިޓީ އަށް އަންގާފައިކަމަށާ، އެއާ ގުޅިގެން އެތަންތަން ހުސްކުރުމުގެ މަސައްކަތް ރަށްރަށުގެ ކައުންސިލްތައް މެދުވެރިކޮށް ކުރައްވަންފަށާފައިވާނެކަމަށް އެލްޖީއޭއިން ވިދާޅުވެފައިވެއެވެ.

އެގޮތުން 2015 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 16 ވަނަ ދުވަހު ކައުންސިލްތަކަށް އެކަން ކުރެއްވުމަށް އަންގަވާފައިވާނެކަމަށާ، އެއެންގެވުމާގުޅިގެން ގިނަ ފަރާތްތަކަކުން އަމިއްލަ އިޚްތިޔާރުގައި ބިންތައް ހުސްކޮށްފައިވާ ކަމަށް ވެސް އެލްޖީއޭ އިން ވިދާޅުވެއެވެ.

މިއަހަރުގެ ތެރޭގައި ފުލުހުން މެދުވެރިކޮށް ހުސްކޮށްފައިވާނީ ތަކުރާރުކޮށްއަންގައި އެތައް ފަހަރަކު ނަސޭހަތްތެރިވުމުން ހުސްކޮށްފައި ނުވާ ތަންތަން ކަމަށް އެލްޖީއޭއިން ވިދާޅުވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.