މިހާރު މީޑިއާގައި އެންމެ މަޝްހޫރު އެއް ކަޕްލް އަކީ ނިކް ޖޮނަސް އާއި ޕްރިޔަންކާ ޗޯޕްރާ އެވެ. މީޑިއާގެ އިތުރުން މި ދެފަންނާނުން ވެސް ދަނީ އެމީހުންގެ ދިރިއުޅުމުގެ މުހިއްމު ވަގުތުކޮޅުތައް ސޯޝަލްމީޑިއާގައި ހިއްސާ ކުރަމުންނެވެ.
ނިކް އާއި ޕްރިޔަންކާ އެންގޭޖް ވުމުގެ ކުރީން މީޑިއާގެ ސުވާލުތަކަށް ޖަވާބު ދީފައެއް ނުވެއެވެ. އަދި ދެމީހުންގެ ގުޅުމާ މެދު އެއްވެސް ވަރަކަށް ވާހަކަ ދައްކާފައެއް ނުވެއެވެ. ނިމުނު ހަފްތާގައި ޖެމީ ފެލަން ޝޯގައި ބައިވެރިވެ ނިކް ވަނީ އޭނާއަށް ޕްރިޔަންކާ ދެކެ ލޯބިވެވުނު ގޮތް ކިޔާދީފައެވެ.
ފެލަން ކުރި ސުވާލަކަށް ޖަވާބުދ ދެމުން ނިކް ބުނީ އޭނާ އަށް ތައާރަފްކޮށްދިނީ ދެމީހުންގެ ރައްޓެއްސެއް ކަމަށެވެ. އޭގެ ފަހުން ދެމީހުން ޓެކްސްޓު ކުރަމުން ދިޔަ ކަމަށެވެ. އަދި ދެ މީހުން ފުރަތަމަ ބައްދަލުވީ 2017ވަނަ އަހަރުގެ މޭ މަހު މެޓް ގާލާ އިންކަމަށެވެ. އޭގެ ފަހުން ދެމީހުންގެ މެދުގައި އޮތް ގުޅުމާ މެދު މީޑިއާއިން ސުވާލު ކުރަމުން ދިޔަނަމަވެސް އޮތީ ހަމައެކަނި ރަހްމަތްތެރިކަން ކަމަށާއި ލޯބީގެ ގުޅުމެއް ނެތް ކަމަށް ޝޯގައި ނިކް ބުންޏެވެ. ރަހްމަތްތެރި ކަމުން ލޯތްބަށް އެގުޅުން ބަދަލުވީ މީގެ ގާތްގަނޑަކަށް ފަސް މަސް ކުރީން ދެ މީހުން ބައްދަލުކުރަން ފެށި ހިސާބުން ކަމަށް ވެސް ނިކް ބުންޏެވެ. ޖިމީ ފެލަން ޝޯގައި ނިކް ވަނީ އެމީހުންގެ އެނގޭޖްމެންޓް ރަސްމިއްޔާތުގެ ވާހަކަ އާއި ޒާތީ ބައެއް އެހެން ވާހަކަވެސް ކިޔައިދީފައެވެ.
https://instagram.com/p/BnZdCOzl-F0/
ނިކް އާއި ޕްރިޔަންކާ ވަނީ ހުކުރު ދުވަހު ނިއު ޔޯކް ފެޝަންވީކް ގައި ބައިވެރިވެފައެވެ.