ސެޕްޓެންބަރު މަހު ފަށަން ހަމަޖެހިފައިވާ 'ކަސޯޓީ ސިންދަގީ ކޭ' ގެ ކެރެކްޓަރ ތައް ތައާރަފް ކޮށްދޭނީ ޝާހް ރުކް ޚާން އެވެ. މި މަހުގެ ކުރީކޮޅު އެކްތާ އާއި ޝަހް ރުކް މި ސިލްސިލާގެ ސެޓްގައި ނަގާފައިވާ ފޮޓޯތަކެއް މީޑިއާގައި ދައުރުވިއެވެ. އެކްތާ އަށް ސިލްސިލާ ނެރޭތް ކޮށްދޭނީ ޝާހް ރުކް ކަމަށް މީޑިއާގައި ވާހަކަ ދެކެވުނެވެ.
އެކްތާ ވަނީ މިއަދު އޭނާގެ އިންސްޓެގްރާމްގައި ޝާހް ރުކް ޚާން އާ އެކު ކަސޯޓީގެ ސެޓުގަިއ ނަގާފައިވާ ފޮޓޯއެއް ޝެއަރ ކޮށް ސިލްސިލާގެ ކެރެކްޓަރ ތައާރަފްކޮށް ދިނީތީ ޝާހަށް ޝުކުރު އަދާކޮށްފައެވެ. މިގެ ހަފްތާއެއް ހައި ދުވަސްކުރީންވެސް އެކްތާ ވަނީ ސެޓުގައި ނަގާފައިވާ ފޮޓޯއާއި ވީޑިއޯ ޝެއަރކޮށްފައެވެ. އަދި އެކްތާ ލަދުން އިނީ ކީއްވެތޯ ސުވާޅުކޯށްފައެވެ. މިއަދު އޭނާ ވަނީ އެ ސުވާލަށް ވެސް ޖަވާބު ދީފައެވެ. އޭނާބުނާ ގޮތުން ޝަހް ރުކް ދެކެ އޭނާ ވަރަށް ލޯބިވެއެވެ. ޚާއްޞަކޮސް 'ފައުޖީ؛ އަށް ފަހުއެވެ. އޭނާ ލަދުން އިނީ އޭނާ އެހައި ލޯބިވާ ގަދަރު ކުރާ ފަންނާނަކާއެކު ޝޫޓް ކުރާތީ އެވެ.
އެކްތާ މިހާރު ހުރީ ކަސޯޓީ ޒިންދަގީ 2 ސްކްރީނަށް ގެންނާން ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ވެފައެވެ. މިފަހަރު ޕްރޭނާގެ ރޯލުން ފެންނާނީ އެރިކާ ފެނާންޑޭޒް އެވެ. އަދި އަނުރާގް ބާސޫގެ ރޯލު ކުޅޭނީ ޕަރްތް ސަމްތާން އެވެ. ޓައިމްސް ނައު އިން ރިޕޯޓުކުރާ ގޮތުގައި ޝަހް ރުކް ވަނީ ޝޯގެ ޕްރޮމޯޝަން ޝޫޓިން އަށް 8 ކުރޯޑް ރުޕީސް ނަގާފައެވެ. އަދި ޓެޑް ޓޯކްސްގައި ވެސް އޭނާ ޝޯ ޕްރޮމޯޓް ކުރާނެއެވެ. އަދި ޝޯގެ ނެރޭޝަން އަށް ޝޫޓްކުރުމަށް އޭނާ ވަނީ 720 މިނިޓް ހޭދަކޮށްފައެވެ. އޭނާ ވަނީ މިނިޓަކަށް 1.11 ލައްކަ ރުޕީސް ޗާޖްކޮށްފައިވާ ކަމަށް ޓައިމްސްނައު އިން ރިޕޯޓުކޮށްފައިވެއެވެ.