އިބޫގެ ކެންޑިޑެސީ އީސީން ގަބޫލު ކުރައްވައިފި

މިއަހަރު ސެޕްޓެމްބަރު 23 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ގުޅިފައިވާ ޕާޓީތަކުން ވާދަކުރާ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ގަބޫލު ކުރައްވައިފިކަން އެކޮމިޝަނުން އަންގަވައި އެކަމުގެ ލިޔުން ހަވާލު ކުރައްވައިފިއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ހުޅުވައިލެއްވުމާއެކު އެންމެ ފުރަތަމަ އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުއްވީވެސް އިބޫއެވެ. ފޯމު ހުށަހަޅާތާ 48 ގަޑިއިރުތެރޭ ކެންޑިޑެސީއާ މެދު ގޮތެއް ނިންމައި އެކަން އެކެންޑިޑޭޓަކަށް އަންގަވަންޖެހެއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައިވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނާއި، އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރާއި، އެލްޖީއޭގެ ކުރީގެ ނާއިބު ރައީސް ސުޖާއު ހުސައިނެވެ. އެހެންނަމަވެސް އިބޫ ފިޔަވައި އިތުރު ބޭފުޅަކު އަދި އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅުއްވައިފައެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.