
"ތޭވީސް ސެޕްޓެމްބަރު ދެހާސް އަށާރައިގައި ބޭއްވުނު ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުން ނިންމެވިގޮތް ދިވެހިފުލުހުން ދަމަހައްޓައި އެ ނިންމުމަށް އިހުތިރާމްކުރާނެކަން ދިވެހިލޮބުވެތި ރައްޔިތުންނަށް ދަންނަވަން" އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވެފައިވެއެވެ.
ފުލުހުންގެ އެކްޓިން ކޮމިޝަނަރު އެހެންވިދާޅުވިކަން ހާމަކުރެއްވީ ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާނެއެވެ. ފުލުހުންގެ އިތުރަށް ސިފައިން ވެސް ވިދާޅުވެފައިވަނީ ރައްޔިތުންގެ ނިންމެވުން ދަމަހައްޓަވާނެ ކަމަށެވެ.
ފުލުހުން މިހެން ވިދާޅުވީ އިންތިޚާބު ބާތިލްކޮށް އަލުން ބޭއްވުމާއި، ރަސްމީ ނަތީޖާ އިއުލާން ކުރުން ފަސްކޮށްދެއްވުމަށް ޕީޕީއެމްއިން އެދިފައިވާ ކަމުގެ ވާހަކަތައް ސޯޝަލް މިޑީއާގައި ވާހަކަ ދެކެވެމުން ދަނިކޮށްނެވެ.
މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވީ ޕީޕީއެމްގެ ޕީޕީއެމްގެ ފަރާތުން ރައީސް އަބްދުﷲ ޔާމީނާއި، އެމްޑީޕީގެ ފަރާތުން އިބްރާހީމް މުހައްމަދު ސާލިހެވެ. ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރެއްވީ އިބްރާހީމް މުހައްމަދު ސާލިހެވެ.