ބިލެތްފަހީގައި އެއާޕޯޓެއް އަޅުއްވައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ށ. އަތޮޅު ބިލެތްފަހީގައި އެއާޕޯޓެއް އަޅުއްވައި ދެއްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެއާޕޯޓު އަޅުއްވައި ދެއްވާނެކަން ރައީސް އިއުލާން ކުރެއްވީ އެރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރެއްވުމުގެ މަޝްރޫއު ނިންމެވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ އެއާޕޯޓެއް އެރަށުގައި އެޅުމުގެ ޝައުގުވެރިކަން ބައެއް ފަރާތްތަކުން ފާޅުކުރައްވައިފައިވާ ކަމަށެވެ.

އެރަށުގައި އެއާޕޯޓެއް ތަރައްގީ ކުރެއްވުމުން އެއަތޮޅާއި އެރަށް ހިމެނޭ ސަރަހައްދުގައި ޓޫރިޒަމް ވެސް ތަރައްގީ ވެގެންދާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ބިލެތްފަހީގައި އެއާޕޯޓެއް ތަރައްގީ ކުރެވި އޭގެ ފައިދާ އެރަށަށް ލިބުމަކީ އެރަށުގެ ރައްޔިތުން ކުރައްވާ އުންމީދެއް ކަމަށާއި އެއުންމީދު ހަގިގަތަށް ހައްދަވައި ދެއްވާނީ އެމަނިކުފާނު ކަމަށްވެސް ވިދާޅުވިއެވެ.

އެއާޕޯޓެއް އެރަށުގައި ތަރައްގީ ކުރެއްވުމުން ޒުވާނުންނަށް އިތުރު ވަޒީތައް ހަމަޖެހިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.