ގޭންގުތަކަށް ނިސްބަތްވާ 45 މީހަކު ފުލުހުންގެ ޔުނީފޯމުގައި ނެރެފި:ރައީސް ނަޝީދު

ގޭންގު ތަކަށް ނިސްބަތްވާ 45 ކުދިން ފުލުހުންގެ ޔުނީފޯމުގައި މަގުމައްޗަށް މިރޭ ނެރެފި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެކަމުގައި އިސްވެ ހުންނެވީ ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ކަމަށެވެ. އެހެން ކަމުން ރައްޔިތުންގެ ދިފާއުގައި ސިފައިންނާއި ފުލުހުން ރައްޔިތުންގެ ދިފާއުގައި ނުކުތުނަށް ނަޝީދުވަނީ ގޮވާލައްވައިފައެވެ.

"މޯލްޑިވްސް ޕޮލިސް ސާވިސްގެ ޔުނީފޯމްގައި ގޭންގުތަކުން 45 ކުދިން ނެރެފި. މިކަމުގައި އިސްކޮށް ހުންނަނީ ކުރީގެ ސީޕީ ހުސައިން ވަހީދު. އެމްއެންޑީއެފް އަދި މޯލްޑިވްސް ޕޮލިސް ސާވިސް ރައްޔިތުންގެ ދިފާއުގައި ނިކުމެ ވަޑައިގަންނަވާ،" އެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

މިކަމާ ބެހޭ ގޮތުން ފުލުހުންގެ ބަހެއް ލިބޭ ގޮތެއް ނުވިއެވެ. "ހުއްޓުވާ" ގެ ނަމުގައި އިދިކޮޅު ފަރާތްތަކުން މިހާރު ކުރިއަށްގެންދާ މުޒާހަރާގައި ފުލުހުންވަނީ ގިނަ އަދަދެއްގެ މީހުން ހައްޔަރުކޮށްފައެވެ. އަދި ފުލުހުންވަނީ މުޒާހަރާގެ ބައިވެރިންނާ ދިމާއަށް ޕެޕަރ ސްޕްރޭވެސް ޖަހައިފައެވެ.

ފުލުހުން ގެންދަނީ މުޒާހަރާގެ ބައިވެރިވެރިން ލަވަމުން ގޮސް ގޯޅިތަކަށްވެސް ވައްދަމުންނެވެ. އެހެންނަމަވެސް އިރުކޮޅަކުން ބައިވެރިން ދަނީ މަގުތަކަށް ނުކުންނަމުންނެވެ. މުޒާހަރާ މިހާރު ކުރިއަށްދަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.