ރައީސް ނަޝީދުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމް އެޅުވި މައްސަލަ ބަލަން ފުލުހުން ފަށައިފި

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔުތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމް އެޅުވި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ. 

ފުލުހުންގެ މީޑިއާއިން މިރޭ ހާމަކޮށްފައިވަނީ ރައީސް ނަޝީދާ ގުޅޭ ގޮތުން ހަޤީޤަތާ ޚިލާފް ވާހަކަ އިންޓަވިއުއެއްގައި ދެއްކި މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހުށަހަޅައިފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ފުލުހުން ސާފުކުރަންޖެހޭ ކަންކަން ސާފުކުރަމުންދާކަމަށެވެ.

އެމައްސަލައިގައި މަޖިލީހުގެ އިދާރާއިން ނެރުނު ނޫސް ބަޔާނެއްގައި ވަނީ ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމައަށް އިހާނެތި ބަސް، ރައީސް ނަޝީދު ވިދާޅުވެފައިވާކަމުގެ ދޮގު އިލްޒާމް އަޅުއަޅުވައިފައިވާ ކަމަށެވެ. ރައީސް ނަޝީދުގެ އިސްތަށިފުޅުގައި މި ދޮގު އިލްޒާމް އަޅުވައިފައިވަނީ ރ. އަނގޮޅިތީމު ޖީޒާގޭ ޢަލީ އިބްރާޙިމް ކަމަށް މަޖިލީހުން ނެރުނު ނޫސްބަޔާނުގައި ވެއެވެ. އޭނާ ރައީސް ނަޝީދުގެ އިސްތަށީފުޅުގައި ދޮގު އިލްޒާމް އަޅުވައިފައިވަނި މީޑިއާކަށް ދިން އިންޓަވިއުއެއްގައެވެ. ނަމަވެސް މަޖިލީހުގެ ނޫސްބަޔާނުގައި އެއީ ކޮން މީޑިއާއެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އަލީ އިބްރާހީމާއި އޭނާ އިންޓަވިއު ގެނެސްދިން މީޑިއާމެދު ޖިނާޢީ ދަޢުވާ ކޮށްދެއްވުމަށް ޕޮރޮސެކިއުޓަރ ޖެނެރަލްއަށް ފޮނުވުމަށް، މައްސަލަ ތަޙްޤީޤްކޮށް ދެއްވުމަށް އެދި ހުށަހެޅުމަށް މަޖިލީހުގެ ރައީސް ނިންމަވައިފައިވާކަމަށް ނޫސް ބަޔާނުގައި ވެއެވެ.

ރައީސް ނަޝީދުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމް އެޅުވުމަށް ދެއްކެވި ވާހަކަފުޅަކީ ޖުނަހްގެ އެއްވަނަ ދަރަޖައިގެ ކުށެއްކަމަށް ޤާނޫނުލް ޢުޤުބާތުގެ 617 ވަނަ މާއްދާގެ (ހ) ގެ  ފަހެއްގައި ބަޔާންކޮށްފައިވާ ކަމަށް މަޖިލީހިގެ ނޫސް ބަނާނުގައި ވެއެވެ. 

ރ. އަނގޮޅިތީމު ޖީޒާގޭ ޢަލީ އިބްރާޙިމް ދައްކައުފައިވާ ވާހަކަތަކަކީ މިފަދަ ކުށަކަށް ވާއިރު، ރަމަޟާންމަހުގެ ފަހު 10 ގައި މިމައްސަލަ ކުރިމަތިކުރުވި ބަޔަކު އެކަން އެކުރަނީ، އެ  މައްސަރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް ނަޝީދު ޤަތުލުކޮށްލުމަށް ލޭ ހުއްދަކަމަށް ދެއްކުމުގެ ބޭނުމުގައި ކަމަށްވެސް މަޖިލީހުގެ ރައީސް ފާހަގަ ކުރައްވާ ކަމަށް ނޫސް ބަޔާނުގައި ވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.