މިރޭގެ އެއްވުމުގައި ބައިވެރިވާ މީހުން ބައިވެރިވާނީ ދީނާ ދެކޮޅަށް: އަދުރޭ

ރައީސް އަބްދުﷲ ޔާމީން ހުއްޓުވުމުގެ ނަމުގައި އިދިކޮޅު ފަރާތްތަކުން މިރޭ މާލޭގައި ބާއްވާ މުޒާހަރާގައި ބައިވެރިނުވުމަށް ޕީޕީއެމްގެ ނާއިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެ އެއްވުމުގައި ރައްޔިތުން ބައިވެރިވާނަމަ އެބައިވެރިވެވެނީ އިސްލާމް ދީނާ ދެކޮޅަށް ކަމަށެވެ. "ރައީސް ޔާމީން ހުއްޓުވުމުގެ ނަމުގައި މިރޭ އަށްގަޑިތިރީހުގައި ނިކުންނަން އެގޮވާލާ ގޮވާލުމުގައި ބައިވެރިނުވުމަށް ގޮވާލަން. ރައްޔިތުން އޭގައި ބައިވެރިވެއްޖެއްޔާ އޭގެ މާނައަކީ އެ ބައިވެރިވާ ބަޔަކު އެބައިވެރިވަނީ އިސްލާމް ދީނާ ދެކޮޅަށް" އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިސްލާމްދީން ދެކެ ލޯބިވާ އެއްވެސް ބަޔަކު އިދިކޮޅު މީހުންނާ ނުގުޅޭނެ ކަމަށެވެ. އިދިކޮޅު ފަރާތްތަކާއެމު މުޒާހަރާއަށް ނުކުންނަ މީހުގެ ތެރޭގައި ފައިކުރި ކުރުކޮށްފައި ތިބި މީހުންނާއި، ތުނބުޅިލީ މީހުންނާއި މޫނު ނިވާކޮށްގެން ތިބޭ މީހުންވެސް ބައިވެރިވާ ކަމަށެވެ. އޭނާ އެކަން ސިފަކުރެއްވީ ދެއްކުންތެރި ކަމެއްގެ ގޮތުގައެވެ.

އަބްދުއްރަހީމް ވިދާޅުވީ އީޔޫފަދަ ޖަމާއަތްތަކުން ރާއްޖޭގައި ދީނީ މިނިވަންކަމަށް ގޮވާލިޔަސް އިސްލާމްދީން ނޫންއެހެން ދީންތަކަށް މިފަސްގަނޑުން ފުރުސަތު ނުދެވޭނެ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.