ނަޝީދުގެ ވެރިކަމުގައި ދީނަށް ފުރައްސާރަ ކުރުމުގެ ކަންކަން ދިޔައީ ފެތުރެމުން: އަލީ ވަހީދު

ރާއީސް ނަޝީދު ރާއްޖޭގެ ވެރިކަމުގައި ހޭދަކުރި މުއްދަތުގައި ފެނިގެން ދިޔައީ ރައްޔިތުންގެ މަޖިލީސް ތެރެއިންނާއި ވެރިކަމުގެ ކޮއިލު ތެރެއިން ފެނިގެންދިޔައީ އިސްލާމާ ދީނަށް ފުރައްސާރަ ކުރުމުގެ ކަންކަން ކަމަށް ސްޓޭޓު މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

"އެމަނިކުފާނު އެންމެ ފުރަތަމަ ރައީސް ކަމަށް ވަޑައިގަތުމާއެކީގައި އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ ކަންތައްތައްދިޔައީ ރައްޔިތުންގެ މަޖިލިސް ތެރެއިންނާއި ވެރިކަމުގެ ކޮއިލުގެ ތެރޭގައި ވަރަށް ބޮޑަށް ފެތުރެމުން. ޚާއްސަގޮތެއްގައި ފެނިގެންދާނެ އެމަނިކުފާނު ދިރިއުޅުއްވި މުލިއާގޭގޭގައި ކުރައްވަމުން ގެންދިޔަ ކަންތައް. ރޭގަނޑު ދަންވަރުވެސް އިރާކޮޅުވެސް،" އަލީ ވަހީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވެރިކަމުން އިސްތިއުފާ ދެއްވި ދުވަހު މުލިއާގޭތެރެއިން ފެނުނު ތަކެތީގެ ވާހަކައަކީ ރައްޔިތުންނަށް އާވާހަކައެއް ނޫންކަމަށްވެސް ވިދާޅުވިއެވެ. ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެންނެވިއިރު މާލޭގައި ހުރި ޢަރަބި އިސްލާމީ ތައުލީމް ދޭ މުހިންމު އެއް ސްކޫލް ކަމަށްވާ ޢަރަބިއްޔާ ސްކޫލް ތަޅާލައި އޭރު އެތަނުގައި ކިޔަވަމުންދިޔަ ދަރިވަރުންތައް މަގުމަތިވެގެން ދިޔަ ކަމަށްވެސް ވިދާޅުވިއެވެ. އޭގެއިތުރަށް ދީނީ މާއްދާ ކިޔެވުން މަނާ ކުރުމަށްޓަކައި އެޑިޔުކޭޝަން މިނިސްޓްރީން އޭރު ކުރި މަސައްކަތްތައް ފެނިގެން ދިޔަކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ގެންދިޔައީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ރާ ވިއްކުމުގެ ކަންތައްތައް ކުރުމުގެ މަސައްކަތް ގާނޫނުހަދައިގެންނާއި ގާނޫނުން ބޭރުން ކުރަމުން ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.

އޭގެ އިތުރަށް ރާއްޖޭގެ މީހުން އުޅޭ ރަށްރަށުގައި ބުދު ބެހެއްޓުމާއު ބޭރުގެ ގައުމުތަކުން މީހުން ގެނެސްގެން އެހެންދީންތައް ރާއްޖޭގައި ޕްރޮމޯޓު ކުރުމަށް ކުރަމުންދިޔަ މަސައްކަތް އިއްޔެ ހިނގިކަމެއްގެ ގޮތުގައި ފެންނަން އެބަހުރި ކަމަށް ވެސް ވިދާޅުވިއެވެ.

އޭގެ ބަދަލުގައި ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންފައިވަނީ އިސްލާމްދީން ފެތުރުމަށްޓަކައި އަރަބިއްޔާއިން ކުރަމުންދިޔަ މަސައްކަތްތަކާއި އޭގެ އިތުރަށް އަރަބި މާއްދާ ކިޔަވައި ދިނުމަށްޓަކައި އޭޑިޔުކޭޝަން މިނިސްޓްރީ މެދުވެރިކޮށް މިހާރު ގެންދަވަނީ މަސައްކަތް ކުރައްވަމުން ކަމަށްވެސް ވިދާޅުވިއެވެ. އޭގެ އިތުރަށް އިސްލާމީ ފަތުވާދޭ މަޖިލީހެއް އުފެއްދުމާއި، އިސްލާމިކް ޔުނިވަރު ސިޓީއެއް އުފެއްދުމާއި، މިސްކިތްތައް ބިނާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ. އެ ކަމަކީ އަދުގެ ދިވެހި ރައްޔިތުން ވަރަށް ބަލައިގަންނަ ކަމެއް ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.