ކިންގް ސަލްމާން މިސްކިތުގެ ފައުންޑޭޝަންގެ މަސައްކަތް މިއަދު ނިމޭނެ:މިނިސްޓަރ

ސައުދީ ރަސްގެފާނުގެ ހިލޭއެހީގެ ދެށުން މާލޭގައި އަޅުއްވައި ދެއްވާ މިސްކިތުގެ ފައުންޑޭޝަންގެ ކޮންކްރީޓް މަސައްކަތް މިއަދު ނިމޭނެ ކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅިވީ އެމިސްކިތުގެ މަސައްކަތް އަންނަ ހަފްތާއިން ފެށިގެން ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާނެ ކަމަށެވެ. އެއީ އިސްލާމީ މަރުކަޒެއްގެ ގޮތުގައި ބިނާކުރަމުންދާ ރީތި މިސްކިތަކަށްވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެތަނުގައި މަލްޓިޕާޕަސް ހޯލަކާއ، ޤުރުއާނާބެހޭ މަރުކަޒާއި، ދުނިޔޭގެ ފެންވަރުގެ ބޮޑު ލައިބްރަރީއަކާއި، ކުލާސް ރޫމްތަކެއްވެސް ހުންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއީ ރާއްޖޭގައި މިހާތަނަށް އަޅާ އެންމެ ބޮޑު އެންމެރީތި މިސްކިތަށްވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިސްކިތުގައި އެއްފަހަރާ 6000 މީހުންނަށް ނަމާދު ކުރެވޭނެ އެވެ. މިސްކިތް އިމާރާތް ކުރަމުންދަނީ އާޓިފިޝަލް ބީޗު ސަރަހައްދުގައެވެ

މިނިސްޓަރ ވިދާޅުވީ މިއީ އަރަބި، އިސްލާމީ ގައުމުތަކާ ރައީސް ޔާމީން ބާއްވަމުން ގެންދަވާ ގުޅުމުގެ ވަރުގަދަކަން ދައްކުވައިދޭ ނަމޫނާއެއް ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.