ފިނޭންސްގެ ތިން މުވައްޒަފަކަށް އެވޯޑު ދެއްވައިފި

ބައިނަލް އަޤުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގައި ބޭއްވި ޚާއްސަ އެސެމްބްލީގައި ފިނޭންސްގެ ތިން މުވައްޒަފަކަށް ޚާއްސަ އެވޯޑެއް ދެއްވައިފިއެވެ.

އެ އެސެމްބްލީގައި ދީފައިވަނީ ލައިފް ޓައިމް އެޗީވްމެންޓް އެވޯޑާއި، އެންމެ ރަނގަޅު އަންހެންލީޑަރުގެ އެވޯޑާއި، ރައިޒިން ސްޓަރ އެވޯޑެވެ.

ލައިފްޓައިމް އެޗީވްމެންޓް އެވޯރޑް ލިބުނީ 31 އަހަރު މިނިސްޓްރީއަށް ޚިދުމަތް ކޮށްދެއްވާފައިވާ ވަހީދާ އިބްރާހީމެވެ. އޭނާއަށް އެވޯޑް ހަވާލުކޮށްދެއްވީ އޭނާގެ އަންހެން ދަރިފުޅެވެ.

އެންމެ ރަނގަޅު އަންހެން ލީޑަރަކަށް ހޮވިފައިވަނީ ފައިނޭންޝަލް ކޮންޓްރޯލަރ ފާޠިމަތު ރަޒީނާއެވެ. އޭނާއަށް އެވޯޑް ހަވާލުކޮށްދެއްވީ ފިރިކަލުން މޭޖަރ ޖުބައިރެވެ.

ރައިޒިންގ ސްޓާރ އަކަށް ހޮވިފައިވަނީ އައިޝަތު ޒަރާ ނިޒާރެވެ. އޭނާ މިވަގުތު ރަށުގައި ނުއުޅުއްވާތީ ފަހުން އެވޯޑު ހަވާލުކޮށްދެއްވާނެ ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އެ އެސެމްބަލީގައިވަނީ ދުވަހާ ގުޅޭ ކޭކެއްވެސް ފަޅައިފައެވެ. އެސެމްބްލީ ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ފިނޭންސް އަޙުމަދު މުނައްވަރެވެ. އެ ސެމްބްލީގައި ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނުވަނީ އަންހެނުންނަށްހުރި ފުރުސަތުތަކާއި އެފުރުސަތުތަކުގެ ބޭނުން ރަނގަޅު ކުރުމާބެހޭ ގޮތުން ވާހަކަ ދައްކަވައިފައެވެ. އަންހެނުންނަކީ ކަންކަމުގައި ކެރިގެން ހިތްވަރާއެކު ކުރިމަތިލުމުގެ ގާބިލްކަން ލިބިފައިވާ ބައެއް ކަމަށާއި އެހިތްވަރު އަބަދުވެސް ދައްކުވައިދިނުމަށް އެމަނިކުފާނު އެދިވަޑައިގެންފައެވެ.

އެ އެސެމްބްލީގައި މިނިސްޓްރީ އޮފް ފިނޭންސްގެ އިސްވެރިންނާއި ހުރިހާ މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.