އަލިފަނުގެ ހާދިސާގައި ހާލުބޮޑުވި މީހާ މަރުވެއްޖެ

މާފަންނު ސިތާރާގޭގައި މިއަދު ހަވީރު ހިނގި އަލިފާނުގެ ހާދިސާގައި ދުމުގެ އަސަރު ކޮށްގެން އައިޖީއެމްއެޗަށް ގެންދިޔަ މީހާ މަރުވެއްޖެއެވެ.

މަރުވެފައިވަނީ އުމުރުން 48 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. އެމީހާއަކީ ބަނގްލަދޭޝް ރައްޔިތެކެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ހެޔެއްނެތް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އޭނާ މަރުވެފައިވަނީ ސީދާ ކޮން ގަޑިއަކު ކަމެއް ނޭނގެއެވެ. އެހެންނަމަވެސް މަރުވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެގޭގައި އަލިފާނުގެ ހާދިސާ ހިނގިއިރު އެމީހާ އޮތީ ދެވަނަ ފަންގި ފިލާގައި ނިދާފައެވެ. އެމްއެންޑީއެފް ގެ އަލިފާން ނިއްވާ މީހުންނަށް އޭނާ ފެނުނުއިރު އޭނާއޮތީ ވެއްޓިފައެވެ.

އެމްއެންޑީއެފުން ވިދާޅުވެފައިވަނީ އެގޭ ރޯވެފައިވަނީ ތިރީގައި ހުރި ބަދިގޭގައި ކަމަށެވެ. އަލިފާނުގެ އަސަރު ދެވަނަބުރިއަށްކޮށް ވަރަށް ބޮޑަށް ގެއަށްވަނީ ގެއްލުންވެފައެވެ.
ފުލުހުން މިހާރު ގެންދަނީ އެ ހާދިސާ ތަހުގީގު ކުރަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.