ސަފާރީއެއްގައި އެއްޗެއް ގޮވައި ތިން މީހަކު ވަރަށްބޮޑަށް ފިހިއްޖެ

މީރު އައިލެންޑް ރިސޯޓު އެންޑް ސްޕާ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި އެއްޗެއް ގޮވައި ތިން މީހަކަށް ވަރަށް ބޮޑަށް ފިހިއްޖެ އެވެ.

ފުލުހުން ވިދާޅުވީ މިހާދިސާ ހިނގާފައިވަނީ މިއަދު 11:45 އެހައިކަންހާއިރު ކަމަށެވެ. މިހާދިސާގައި ފިހިފައިވަނީ ދިވެއްސަކާއި، ސްރީލަންކާ މީހެއްގެ އިތުރުން އެހެން މީހެކެވެ. އެހެންނަަމަވެސް އެއީ ކޮން ޤައުމެއްގެ މީހެއް ކަމެއް އަދި ސާފެއް ނުވެއެވެ. އ މީހުންގެ މޫނާއި ބަނޑު ވަރަށް ބޮޑަށް ފިހިފައިވާ ކަމަށާއި އެމީހުންނަށް ފަރުވާ ދިނުމަށް ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔުމަށް ރިސޯޓުން ފުރުވާލައިފި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި ޙާދިސާގައި އެއްވެސް ވަރަކަށް ރޯވެފައި ނުވާ ކަމަށާއި އަލިފާން ވެސް ފެނިފައި ނުވާ ކަމަށް ފުލުހުންނަށް މަޢުލޫމާތު ލިބިފައި ވާކަމަށްވިދާޅުވިއެވެ. "ސަރާ "1 ނަމަކަށް ކިޔާ ސަފާރީގައި ގޮވައިގެން އުޅެނީ ކޯއްޗެއް ކަމެއް އަދި ސާފުނުވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ދެންމެ ވިދާޅުވީ ޓްރީޓޮޕްގެ ބަދަލުަގައި އެމީހުންނަށް ފަރުވާ ދެމުން ގެންދަނީ އޭޑީކޭ ހޮސްޕިޓަލުގައި ކަމަށެވެ. އެމީހުންގެ ޙާލު ސީރިއަސް ނޫންކަމަށް ހޮސްޕިޓަލާ ޙަވާލާދީ ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.