ނިސްރީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ހ. ނިސްރީނުގޭ ފަސްވަން ފަނގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ އެ ޚަބަރު ލިބިގެން ފަޔަރ އެންޑް ރެސްކިޔުޓީމުން އެގެޔަށް ދިޔައިރު އެގޭ މީހުންވަނީ އަލިފާން ނިއްވާލައިފައި ކަމަށެވެ. އެ ހާދިސާގައި އެގެއަށް މާބޮޑު ގެއްލުމެއް ނުވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "އޭގޭގައި އަލިފާން ރޯވި މިންވަރު ފަޔަރ ޓީމުން ގެންދަނީ ބަލަމުން. އެއީ ބޮޑު ހާދިސާއެއް ކަމަށް ނުބެލެވޭ،" އާޒިމް ވިދާޅުވިއެވެ.  އޭނާ ވިދާޅުވީ އެގެއަށް ލިބުނު ގެއްލުން ފަޔަރ އެންޑް ރެސްކިޔުޓީމުން ގެންދަނީ ބަލަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.