ނައިފަރުގެ ކަރަންޓު ހާލަތު ރަނގަޅު ކުރުމަށް އިތުރު ޖަނަރޭޓަރެއް ފޮނުވައިފި

ނައިފަރުގެ ކަރަންޓު ހާލަތު ރަނގަޅު ކުރުމަށް 1200 ކިލޮވޮޓުގެ ޖަނަރޭޓަރެއް ފެނަކައިން ފޮނުވައިފިއެވެ.

ފެނަަކައިން ބުނީ މިއީ ފެނަކައިގެ ކަރަންޓު އުފެއްދުމުގެ ޤާބިލްކަން އިތުރުކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން ގެންދިޔަ ޖަނަރޭޓަރެއް ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން އެހެން ރަށްރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށްވެސް ވަނީ ނިންމާފައިވާ ކަމަށެވެ.

ފެނަކައިގެ ފުރަތަމަ ކުއާޓާރގެ ހިސާބުތަކުން ދައްކާ ގޮތުގައި ފެނަކައިގެ ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ ވަނީ 10.7 މެގަވޮޓް އިތުރުކުރެވިފައެވެ. މިއީ 20 ރަށެއްގައި އިތުރު ކުރެވުނު ކެޕޭސިޓީއެވެ.

ފެނަަކައިން ކަރަންޓުގެ ހިދުމަތްދޭ ރަށްރަށުގެ ކަރްނޓުގެ ހާލަތު ރަނގަޅު ކުރުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.