ފެނަކަ އެމްޑީ ސައީދަކީ ކުޅަދާނަ ބޭފުޅެއް: ސްޓެލްކޯ އެމްޑީ ޝަރީފް

ފެނަކަ ކޯޕަރޭޝަންގެ މިހާރުގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައީދަކީ ކުޅަދާނަ ބޭފުޅެއް ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ސްޓެލްކޯ ހައުސިންގ ފްލެޓު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ފެނަކައިގާ ވެސް މަސައްކަތްކުރައްވާފައިވާ ބޭފުޅެއްގެ ހައިސިއްޔަތުން ޝަރީފް ވިދާޅުވީ ފެނަކައިގާ ހުރި ގޮންޖެހުންތަކާއި ދިމާވާ މައްސަލަތައް ވަރަށްރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

އެހެންވެ، އެ ހުރިހައި ކަމަކަށް ބަލާއިރު، ފެނަކައިގެ މިހާރުގެ އެމްޑީ އަޙްމަދު ސަޢީދަކީ ވަރަށް ކުޅަދާނަ ބޭފުޅެއް ކަމަށް ޝަރީފް ވަނީ ފާހަގަކުރައްވަފައެވެ.

"އެއީ އެ ހުރިހާ ގޮންޖެހުންތަކާ އެކީގަވެސް ރާއްޖޭގެ އަތޮޅުތަކުގެ ރައްޔިތުންނަށް ކުންފުނީގަ ހުރި ދަތިތަކުގެ އިހްސާސް ވިޔަނުދެއްވާ 24 ގަޑިއިރު، ކަރަންޓުގެ ޚިދުމަތް އަދި އެހެން ޔުޓިލިޓީ ޚިދުމަތް ދެއްވާކަމީ ސައީދުގެ ހަމަކުޅަދާނަކަން. އެކަމަށްޓަކައި ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރުދަންނަވަން. އަދި ކޮލީގެއްގެ ހައިސިއްޔަތުން ތިބޭފުޅާގެ މަސައްކަތް ބަލައިގަންނަން." ސްޓެލްކޯ ގެ އެމްޑީ ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ފެނަކައާއި ޝަރީފް އާއި ސައިދަކީ ރާއްޖޭގެ ރައްޔިތުން އަލިކަމުގައި ބައިތިއްބާ ދެމީހުން ކަމަށާއި ސްޓެލްކޯ އަކީ ރާއްޖޭގެ ރައްޔިތުންގެ ނޫރު ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.