ރޯދަމަޖާ: ދަރިފުޅުގެ ރުއިން

ދަރިފުޅުގެ ރުއިން

ރޭގަނޑު ދަންވަރު ހޭލައިގެން ދަރިފުޅު ރޯން ފަށައިފިއެވެ. އުޅެއުޅެ ހުއްޓައެއް ނުލިއެވެ. މައިދައިތައަށް އުނދަގޫ ވެގެން ބުނެފިއެވެ. "ދަރިފުޅާއެވެ. އެކޮޔަށް ރީތި ލަވައެއް ކިޔައިދޭށެވެ. އޭރުން ނިދައިފާނެއެވެ."

ދަރިފުޅުގެ މަންމަ ލަވައެއް ކިޔަން ފަށައިފިއެވެ. އެޔާއެކު ޖެހިގެން ހުރި ގެއިން ގޮވައިލީ އަޑު އިވުނެވެ. "ދަރިފުޅަށް ރުޔަދޭށެވެ. ތަންކޮޅެއް ކަންފަތަށް ފަސޭހަ ވާނެއެވެ."

ސުޕް

ބޯއިސްކައުޓް މާސްޓަރަކީ ވަރަށް ހަރުކަށި މީހެކެވެ. އޭނާ ބުނާ ކަމަކާ ކުޑަކޮށްވެސް ދެކޮޅު ހެދުމަކީ އެއްވެސް ކުއްޖަކަށް ހުއްދަ ކަމެއް ނޫނެވެ.

އެއް ދުވަހަކު އޭނާ އައިސް ސްކައުޓުން ކާ ކޮޓަރިއަށް ވަދެއްޖެއެވެ. އަދި ވަރަށް ބާރަށް ގޮވައިލިއެވެ. "ސްކައުޓް ނަންބަރު ހަތަރެއް. އެހެރަ ސުޕް ތެލިން ސުޕް ތަށްޓެއް އަޅައިގެން ހަމަ މިހާރު އަހަންނަށް ގެނެސްދޭށެވެ."

އެތަނުން ކުއްޖަކު އެއްޗެކޭ ބުނަން އުޅުނެވެ. "މާސްޓަރ. އަޅުގަނޑު ވާ..."

މާސްޓަރ އިހަށްވުރެ ބާރަށް ބުންޏެވެ. "އަހަންނާ ޒުވާކުރަން އުޅެނީ ހެއްޔެވެ؟ އެއީ މަނާކަމެއް ކަމެއް ނޭނގޭ ހެއްޔެވެ؟ ހަމަ މިހާރު ސުޕް އަޅައިގެން އަންނާށެވެ."

އެ ކުއްޖާ އެ ތެލިން ސުޕް އަޅައިގެން ގެނެސް ދީފިއެވެ. މާސްޓަރ ދެ ސަމުސަލެއްވަރު ބޮއިލާފައި ބުންޏެވެ. "މިއީ ސުޕް ހެއްޔެވެ؟ މީގަި މި ލަނީ ކޮން ރަހައެއް ހެއްޔެވެ؟ ކައްކާ މީހާއަށް ހަމަ މިހާރު ގޮވާށެވެ."

ކުރިން ވާހަކަދެއްކޭތޯ އުޅުނު ކުއްޖާ ބުންޏެވެ. "އަޅުގަނޑު ކުރިން ދެންނެވޭތޯ އުޅުނީމެވެ. ތިޔައީ ތަށިދޮވުނު ފެނެވެ. ސުޕެއް ނޫނެވެ."

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.