ރޯދަ މަޖާ: ކާވެންޏަކީ ކޮބާ؟

ކާވެންޏަކީ ކޮބާ؟

މަޝްހޫރު ސައިންސްވެރިޔަކާ ބެހޭ ގޮތުން ޓީވީ ޕްރޮގްރާމެއް ފޮނުވަނީއެވެ. ޕްރޮގްރާމުގައި ވާޙަކަދެއްކީ މި ސައިންސްވެރިޔާގެ ގާތުގައި މަސައްކަތް ކުރި މީހުންނެވެ.

އެތަނުން އެކަކު ބުންޏެވެ. "ސައިންސްވެރިޔާގެ މަސައްކަތުގެ ފުރަތަމަ ދައިރުގައި މަސައްކަތް ކުރެއްވީ ކާވެންޏަކީ ކޮބައިތޯ ކާވެނީގެ ބޭނުމަކީ ކޮބައިތޯ ހޯއްދަވަން ކުރި މަސައްކަތުގައި."

ޕްރޮގްރާމް ހުށަހަޅާމީހާ އަހައިލިއެވެ. "އެކަން ހޯއްދެވީ ކިހިނެއްތޯ؟"

"ކާވެނީގެ ހަގީގަތް ހޯއްދެވުމުގެ ކުރިން އެންމެ ފަހުން ސައިންސްވެރިޔާ މީހަކާ ކާވެނިކުރެއްވި."

ޕްރޮގްރާމް ހުށަހަޅާމީހާ އަހައިލިއެވެ. "ދެން ވީ ކިހިނެއްތޯ؟"

"އޭގެ ފަހުން މުޅި އުމުރު ދުވަސް ސައިންސްވެރިޔާ ހޭދަކުރެއްވީ ސައިންސަކީ ކޮން އެއްޗެއްތޯ ހޯއްދެވުމުގައި."

އަދަބު

މުދައްރިސު: މިއަދުވެސް ކަލޭ ތިޔަ އައީ ބައިގަޑިއިރު ފަހުން. ކޮންމެ ދުވަހަކު ގަޑި ޖެހިގެން އައުމަކީ އާދައަކަށް ވެއްޖެ. މިއަދު އަދަބު ދޭނަން. ކުލާޙުގެ ބޭރުގައި ކޮޅަށް ހުރެގެން ސަތޭކަ ފަހަރު "އަހަރެން މިއީ މޮޔައެއް" މިހެން ލިޔޭ.

ދަރިވަރު: އަޅުގަނޑު ކިތަންމެ ގިނަ އިރަކުވެސް ކޮޅަށް ހުރެދާނަން. އެކަމަކު މުދައްރިސު ތިޔައީ މޮޔައެކޭ ލިޔާކަށް ނުކެރޭނެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.