އެއްކޮޅަށް ދުއްވާ މަގު
އަންހެނަކު ސައިކަލެއްގައި އެއްކޮޅަށް ދުއްވާ މަގަކަށް ނުބައި ކޮޅުން ވަދެގެން އަންނަނިކޮށް ފުލުހަކަށް ފެނިގެން ހުއްޓުވައިފިއެވެ.
ފުލުހުމީހާ އަހައިލިއެވެ. "އޭތް މާ ބާރަކަށް މި މަގުން ތިޔަދަނީ ކޮން ތަނަކަށް؟"
އަންހެންމީހާ ބުންޏެވެ. "އަޅުގަނޑު މި ދަނީ ކޯވިޑްވެކްސިން ޖައްސަން. އެކަމަކު އަޅުގަނޑަށް ހީވަނީ އެތަން މިހާރު ބަންދު ވެއްޖެހެން. އެންމެން ނިމިގެން މި އަންނަނީ މި ކޮޅަށް. އެކަކުވެސް މިހާރަކު އެކޮޅަކަށް ނުދޭ."
ކަންފަތް
ވަޑާންގެއެއްގައި މަސައްކަތްކުރާ މީހަކު ކީހެއް ގެންގުޅެނިކޮށް އޭނާގެ އެއް ކަންފަތް ކެނޑި ވަކިވެގެން ވެއްޓިއްޖެއެވެ. އޭނާ ހުރީ ގެއެއްގެ މަތީ ބުރީގައެވެ. ކަންފަތް ވެއްޓުނީ ބޭރަށް މަގު މައްޗަށެވެ. އޭނާ ކަންފަތުގައި އަތް އަޅައިގެން އަވަސްއަވަހަށް ތިރިއަށް ފައިބައިފިއެވެ. މަގުމައްޗަށް ނުކުތްތަނުން ދިމާވީ މީހަކު ކުރެން އަހައިފިއެވެ. "އަހަރެންގެ ކަންފަތް ވަކިވެގެން މަގުމައްޗަށް ވެއްޓިއްޖެ. ދުށިންތަ؟"
އެމީހާ ބަލައިލީއިރު މަގުގެ އެއް ފަރާތުގައި ކަންފަތް އޮތެވެ. އޭނާ އެ ކަންފަތް ނަގައި ދިއްކޮށްލަމުން ބުންޏެވެ. "މި އޮތީ ކަލޭގެ ކަންފަތް."
ވަޑާންކުރާ މީހާ ބުންޏެވެ. "ނޫން. ތިޔައީ އަހަރެންގެ ކަންފަތެއް ނޫން. އަހަރެންގެ ކަންފަތުގައި ފަންސުރެއް ޖަހައިފައި ހުންނާނެ."