ވެރިޔާ
ފުލުސްމީހާ: މި ކުކުޅާއި ފިޔޮއްތަކުގެ ވެރިޔަކީ ކާކު ހެއްޔެވެ؟
ޢަލީ: ކުކުޅުގެ ވެރިޔަކީ ކޮބައިކަމެއް ކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. އެކަމަކު ފިޔޮއްތަކުގެ ވެރިޔަކީ ކޮބައިކަން އެނގެއެވެ.
ފުލުސްމީހާ: ކާކުހެއްޔެވެ؟
ޢަލީ: ކުކުޅެވެ.
ފޮޓޯ އެލުވަނީ ކީއްވެގެން؟
ރަޝީދު: މިތާގައި މިހިރަ ހުރިހާ ފޮޓޯއެއް މިހިރީ ފާރުގައި އެލުވައިފައެވެ. އެއީ ކީއްވެގެން ހެއްޔެވެ؟
މޫސަ: ކުރެހި މީހުން އަތުނުޖެހުނީ ކަމަށް ވެދާނެއެވެ.
މަސްތުވުން
ފުލުސްމީހާ: ކަލޭ ތިޔަ ބުނަނީ މީނާ މިހިރީ މަސްތުވާތަކެތީގެ ބޭނުން ކޮށްގެން މަސްތުވެފައޭ ހެއްޔެވެ؟
އިބްރާހީމް: އަޅުގަނޑު އެހެންނެއް ނުދަންނަވަމެވެ. އަޅުގަނޑު ދެންނެވީ މީނާ ސައިކަލުގައި ގޮސް އަޅުގަނޑުގެ ގޯތި ތެރެއަށް ވަދެ ރޯނުގައި އަޅުވައިފައި އޮތް އަޅުގަނޑުގެ އަންހެނުންގެ ފެހި ކުލައިގެ ހެދުމެއްގެ ކުރިމަތީގައި ޓްރެފިކް ބައްތި ރަތް ކުލައަށް ބަދަލުވާންދެން މަޑުކޮށްގެން ހުރި ވާހަކައެވެ.