އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން ޕީއެންސީ އަށް ސޮއި ކޮށްފި

އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން ޕީއެންސީ އަށް ސޮއި ކޮށްފިއެވެ.

ޕީޕީއެމް،ޕީއެންސީން ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ޕީއެންސީއާ ގުޅިވަޑައިގެންނެވި ބޭފުޅުންގެ ފޯމްތަކާ ހަވާލުވެވަޑައިގެންނެވީ ރައީސް އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.

އެ ޖަލްސާގައި އެމްޑީޕީން ވަކިވެ، ޕީއެންސީ އަށް 13 މެމްބަރުން ގުޅިވަޑައިގެންނެވިނަމަވެސް ރޭގެ ޖަލްސާ އަށް ވަޑައިގެންނެވީ 10 މެމްބަރުންނެވެ.

ޕީއެންސީ އަށް ގުޅިވަޑައިގެންނެވި މެމްބަރުންނަކީ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް، ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު، މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު، އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު، ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް އެވެ. އަދި ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްޣަނީ އަބްދުލްހަކީމް،ު ވެސް ގުޅިވަޑައިގެންނެވިއެވެ.

މީގެ އިތުރުން މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު އާއި މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު އާއި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހްސިން ހަމީދު އާއި މާފަންނު ދެކުނު ދާއިރާގެ މެމްބަރު އާދަމް އަލީ ވެސް ޕީއެންސީ އަށް ސޮއި ކުރެއްވިއެވެ. އަދި ކޮމަންޑޫ ދާއިރާގެ މެމްބަރު އިބްރާހިމް ރާޝިދު އާއި ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން އާއި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝާޒް ވެސް ސޮއި ކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.