ދޮންފަނަށް ވަގުތީގޮތުން ކަރަންޓު ދީފި

ބ. ދޮންފަަނަށް ވަގުތީގޮތުން ކަރަންޓުގެ ހިދުމަތް ދީފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ އެރަށު އިްނޖީނު ގޭގައި ހިންގަމުންދިޔަ ޖަނަރޭޓަރަށް ދިމާވި މައްސަލައަށް ވަގުތީ ހައްލެއް ގެނެވި، މިއަދު 17:15 ގައި މުޅި ރަށަށް ވަނީ ކަރަންޓު ދެވިފައިވާ ކަމަށެވެ.

ދޮންފަނު އިންޖީނުގޭގައި ހިންގަމުން ދިޔަ ޖެނެރޭޓަރުތަކަށް މައްސަލައެއް ދިމާވެ މުޅިރަށުން ކަރަންޓޫ ކެނޑުނީ މިއަދު މެންދުރުފަހުއެވެ.

އެކަމާއި ގުޅިގެން ފެނަކައިން ބުނެފައިވަނީ މިކަން ހައްލު ކުރުމުގެ މަސައްކަތްތައް އެ ކުންފުނީގެ ފަރާތުން ކުރަމުން އަންނަކަމަށެވެ. މި ގޮތުން، ޖެންސެޓް މަރާމާތު ކުރުމަށް ބޭނުންވާ ސްޕެއަރ އާއި އެކު ޓެކްނިކަލް ޓީމެއް އެރަށުގައި ހަރަކާތްތެރިވަމުން އަންނަކަމަށް ވެސް ބުނެފައި ވެއެވެ.

އިތުރު ޖެންސެޓެއް ބ. ދޮންފަނަށް ހޯދުމުގެ މަސައްކަތް ވެސް ދަނީ ކުރެވެމުން ކަމަށް ބުނެފައި ވެއެވެ. އެހެންނަމަވެސް ދިމާވި މައްސަލައާ ގުޅޭ ތަފްސީލެއް ހާމަ ކޮށްފައި ނުވެއެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.