ގދ. ވާދޫގައި ނަރުދަމާ ގާއިމު ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ގދ.ވާދޫގެ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއެކު އެރަށުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ރަށުގެ ނަރުދަމާ ޤާއިމް ކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި އެވެ.

މަސައްކަތް ފައްޓަވައިދެެއްވީ ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު އާއި އެމް.ޑަބްލިއު.އެސް.ސީ ގެ ޗެއަރމަން އަޙްމަދު މައުސޫމް އާއި އެމް.ޑަބްލިއު.އެސް.ސީ ގެ ޑީ.އެމް.ޑީ މުޙައްމަދު ޝަރީފް އާއި ވާދޫ ކައުންސިލްގެ ނައިބުރައީސް ހާޝިރު މުޙައްމަދު އަދި ވާދޫ ކައުންސިލްގެ އެސް.ޖީ މުޙައްމަދު އިބްރާހީމް ދީދީ އެވެ.

ވާދޫ ނަރުދަމާ ޤާއިމް ކުރުމުގެ މަސައްކަތަކީ ސަރުކާރުން އެމް.ޑަބްލިއު.އެސް.ސީ އާ ޙަވާލުކުރައްވާފައިވާ މަސައްކަތެކެވެ.

އެމް.ޑަބްލިއު.އެސް.ސީ އާ އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހޮޅިވަޅުލުމުގެ އެންމެހައި މަސައްކަތެއް ކުރާނީ ފެނަކައިން ނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.