ހުޅުމާލެއިން ފައިލޭރިއާ ޖެހިފައިވާ މީހަކު ފެނިއްޖެ

ހުޅުމާލެއިން ފައިލޭރިއާ ޖެހިފައިވާ މީހަކު ފެނިއްޖެއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކަަށް ބަލާއިރު، މި ބައްޔަށް ރާއްޖެއިން  މިހާރުވަނީ ޖުމްލަ 26 ފަރާތެއް ވަނީ ޕޮޒިޓިވް ވެފައެވެ. އެ އެންމެންނަކީ ވެސް އިންޑިއާއަށް ނިސްބަތްވާ މީހުންނެވެ.

އެޗްޕީއޭއިން ބުނީ މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި މަހުގެ 19 ވަނަ ދުވަހާ ހަމައަށް 434 ބިދޭސީން ސްކްރީން ކޮށްފައިވާ ކަމަށާއި މިހާތަނަށް ބެލި ބެލުމަށް މި ބައްޔަށް އެއްވެސް ދިވެއްސަކު ޕޮޒިޓިވް ނުވާ ކަމަށެވެ.

ރާއްޖެއިން މުޅިން ނައްތާލާފައިވާ ފައިލޭރިއާގެ ކޭސްތަކެއް ފުރަތަމަ ފެނުނީ މި މަހުގެ 14 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީންނެވެ.

ފައިލޭރިއާ ޖެހެނީ ހަޑި ފެނުގައި އުފެދޭ ކިއުލެކްސް މަދިރީގެ ޒަރިއްޔާއިންނެވެ. މިއީ މަދިރި އިންސާނާގެ ހަށިގަނޑުގައި ހެފުމުގެ ތެރޭގައި، 'ވޫކެރީރިއާ ބެންކްރޮފްޓީ' ކިޔާ ފަންޏެއް ހަށިގަނޑުގެ ތެރެއަށް ވާސިލްވުމުން ފެތުރޭ ބައްޔެކެވެ. އަދި މި ފަނި ހަށިގަނޑުގައިވާ ލިމްފް ގޮށްތަކާއި ލިމްފް ދައުރުކުރާ ހޮޅިތަކުގެ ތެރޭގަ ދިރިއުޅެއެވެ.

ރާއްޖެއިން އެންމެ ފަހުން ފައިލޭރިއާ ކޭސްއެއް ރިޕޯޓުކޮށްފައިވަނީ 2004 ވަނަ އަހަރު ލ. ފޮނަދޫންނެވެ. މި ބައްޔަށް ދެވޭ ފަރުވާއަކީ އެއް ފަހަރު ބޭނުން ކުރާ ދެ ބޭހެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.