ރަންބީރު ކަޕޫރުގެ ފިލްމު "އެނިމަލް"އަށް 16 ދުވަހުން  816ކުރޯޑް ރުޕީސް ލިބިއްޖެ

ރަންބީރު ކަޕޫރު މުހިއްމު ބައެއް ކުޅެފައިވާ ހިންދީ ފިލްމު "އެނިމަލް" އޮސްޓްރޭލިއާ އާއި ކެނެޑާގައި ދައްކައިގެން ޝާހް ރުޚް ޚާންގެ ކާމިޔާބު ފިލްމު "ޕަޓާން" އަށް ވުރެ ކުރި ހޯދައިފި އެވެ.

އިންޑިއާގެ މީޑިއާތަކުން ބުނާ ގޮތުގައި ރަންބީރު ކަޕޫރު ކުޅެފައިވާ އާދަޔާ ޚިލާފު ފިލްމު "އެނިމަލް" 16 ދުވަހު ދައްކައިގެން  816 ކްރޯޑަށް ވުރެ ގިނަ ރުޕީސް ވަނީ ހޯދާފައެވެ. އެ ފިލްމު ޑައިރެކްޓްކޮށްފައި ވަނީ ސަންދީޕް ރެޑީ ވަންގާ އެވެ.

ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހު ދައްކަން ފެށި ފިލްމު "އެނިމަލް" ގެ މަގުބޫލުކަމުގެ ދިދަތައް އުފުލަނީ ހަމައެކަނި އިންޑިއާ އާއި އެމެރިކާ ބައްރުގެ ގައުމުތަކުގައެއްނޫނެވެ. ކެނެޑާ އާއި އޮސްޓްރޭލިއާގައި ވެސް އެ ފިލްމުގެ މަގުބޫލުކަން ވަރަށް ބޮޑެވެ. ޚަބަރު ލިބިފައިވާ ގޮތުގައި ފިލްމު "އެނިމަލް" ވަނީ ކެނެޑާ އާއި އޮސްޓްރޭލިއާގައި ޝާހްރުކް ޚާންގެ "ޕަތަން" ހޯދި ކާމިޔާބަށް ވުރެ ބޮޑު ކާމިޔާބެއް ހޯދާފައެވެ.

ރަންބީރު ކަޕޫރު ބަޠަލެއްގެ ބައި ކުޅެފައިވާ "އެނިމަލް"އަށް ފަސް ބަހަކުން އަޑު އަޅާފައިވެއެވެ.

ފިލްމުގައި ނުބައިބައިގެ އިސް މީހަކީ ބޮބީ ޑިއޯލްއެވެ. ބަޠަލާއެއްގެ ބައި ކުޅެފައި ވަނީ  ރަޝްމީކާ މަންޑާނާއެވެ. އަނިލް ކަޕޫރު ކުޅެފައި ވަނީ ރަންބީރު ކަޕޫރުގެ ބައްޕަގެ ބައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.